ފިންލޭންޑްގެ ޓަމްޕެރޭގައި ހުންނަ ސާރާ ހިލްޑެން އާޓް މިއުޒިއަމްގައި ބޭއްވި ގްރޫޕް ޝޯއެއްގައި ބްރެޑް ޕިޓް ސްކަލްޕްޓަރެއްގެ ގޮތުގައި ޑިބަޓްކޮށްފިއެވެ.
ދުނިޔޭގެ ނަން މަޝްހޫރު އޭ-ލިސްޓް އެކްޓަރ ބްރެޑް ޕިޓްގެ އާޓްވޯކްތަކާ އެކު މިއުޒިޝަން ނިކް ކޭވް އާއި އާޓިސްޓް ތޯމަސް ހައުސްއާގޯގެ އާޓްވޯކްތައްވެސް އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިންލޭންޑުގެ އެ މައުރަޒުގައި ދެއްކިގެން ދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މައުރަޒުގައި ޕިޓް ދައްކާފައިވާ ނުވަ މަސައްކަތުގެ ތެރޭގައި ސާފު ސިލިކަން އިން މޯލްޑްކޮށް ވަޒަން ޖަހާފައިވާ ގެއެއްގެ ބައްޓަމަށް ހަދާފައިވާ ސްޓްރަކްޗަރާއި، އޭނާގެ ފުރަތަމަ ސްކަލްޕްޗާ، 2017 ވަނަ އަހަރުގެ "ހައުސް އޭ ގޯ ގޯ": ގަހުގެ ފަތްތަކުން ހަދާފައިވާ 18 އިންޗީގެ މިނިއޭޗަރ ގެއެއް ހިމެނެއެވެ. އަދި އެންމެ ބޮޑު މަސައްކަތުގެ ގޮތުގައި ސަންދޯއް ސައިޒުގެ ލޯވަޅު ފޮށިގަނޑަކާއި އެކު އޭންގަލްތަކުން އެ ސްޓްރަކްޗާ ފަޅާލަން މަސައްކަތް ކުރާ އަތާއި ފައި އަދި މޫނުތައް ދައްކުވައިދޭ ފޮށިގަނޑަކާއި ޕްލާސްޓަރު ފާރުގައި ތަޅުވާފައި ހުރި ސްކަލްޕްޗާ "އެއިމިންގް އެޓް ޔޫ އައި ސޯ މީ ބަޓް އިޓް ވޯސް ޓޫ ލެޓް ދިސް ޓައިމް،" އިން ފެނިގެން ދެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ބުލެޓް ޓްރޭން" ތަރި ސެރަމިކް އާޓް އުފައްދަން ފެށީ، ބަތަލާ އެންޖެލީނާ ޖޯލީއާ ހަލަބޮލިކަމާއެކު ވަރިވުމުން، 2017 ވަނަ އަހަރު އެވެ. ޕިޓް އޭނާގެ އާޓިސްޓިކް ޓާންއާ ބެހޭ ގޮތުން ބުނީ މިއީ އޭނާއަށް ސެލްފް ރިފްލެކްޝަންއަށް އެހީތެރިވެދޭ މަސައްކަތެއް ކަމުގައެވެ.