ފްރާންސްގެ ގައުމީ ޓީމް

ކުޅިވަރު

ފްރާންސުން ޤައުމީ ޓީމުގެ ކުޅުންތެރިންގެ އިމޭޖް ރައިޓްސް އިސްލާހު ކުރުމަށް އެޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން އެއްބަސްވެއްޖެ

ދާނިޝް - ޔޫރަޕް | 21 ސެޕްޓެންބަރ 2022 , ބުދަ 09:44   425

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އެ ކުޅުންތެރިންގެ ތަސްވީރުތަކާއި ހައްގުތައް ބޭނުންކުރުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުން އިސްލާހު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިއުލާންކޮށްފި އެވެ.

މިއީ ޕީއެސްޖީ އާއި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކްލޭއާފޮންޓޭންގައި ފްރާންސްގެ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގައި އަންގާރަ ދުވަހު ޝެޑިއުލް ކުރި ސްޕޮންސަޝިޕް ހަރަކާތްތައް - ފޮޓޯ ޝޫޓެއް ހިމެނޭ ގޮތަށް - ބޮއިކޮޓް ކުރުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

އެފްއެފްއެފް އިން ޓްވިޓާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިންގެ އިއްތިފާގުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގަބޫލުކުރުންތަކަށް ރިއާޔަތްކޮށް މަސްލަހަތު ހިމާޔަތް ކުރެވޭނެ އާ އެއްބަސްވުމެއްގެ އައުޓްލައިންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށައިފި ކަމުގައެވެ.

" އެކިއުޕް ޑި ފްރާންސްގެ އެގްޒެކެޓިވުންނާއި ރައީސާއި ކޯޗާއި މާކެޓިން މެނޭޖަރަކާ އެކު ނިންމާލާ މަޝްވަރާތަކަށް ފަހު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވައުދުވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ގުޅިފައިވާ އިމޭޖް ރައިޓްސްއާ ބެހޭ އެއްބަސްވުން ވީހާވެސް އަވަހަކަށް އިސްލާހު ކުރުމަށް،” އެފްއެފްއެފްގެ ބަޔާނުގައިވެ އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ، އެމްބާޕޭ އާއި ފެޑެރޭޝަނާ ދެމެދު އޮތް ޚިޔާލުތަފާތުވުން ފެށުނީ މާޗް މަހުގެ ތެރޭގައި ޓީމުގެ ސްޕޮންސަރަކާ އެކު ހަރަކާތްތައް ބޮއިކޮޓް ކުރުމުން ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެ އެވެ. އޭގެ ތިން މަސް ފަހުން އެފްއެފްއެފްގެ ރައީސް ނޯއެލް ލެ ގްރޭޓް އެކިޕް ވިދާޅުވީ ވޯލްޑް ކަޕްގެ ކުރިން އިމޭޖް ރައިޓްސްއާ ބެހޭ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ފްރާންސް ދެން ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު ނޭޝަންސް ކަޕްގައި އޮސްޓްރިއާއާ ދެކޮޅަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން ޑެންމާކާއި ދެކޮޅަށެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.