"ނެއިބަރހުޑު ފުލުހުން" ނުވަތަ "އަވައްޓެރި ފުލުހުން" މި ޕްރޮގްރާމްގެ ދަށުން ފުލުހުންގެ އިސްނެންގެވުމާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެސްގޮސްފިއެވެ.
މިގޮތުން ފޭދޫ، މަރަދޫ، އަދި މަރަދޫ ފޭދޫގެ އަވަށު ރައްޔިތުންނާއި ބައްދަލުވުން ބޭއްވިފައިވަނީ ސ.ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައި އަންގާރަދުވަހުގެ ހަވީރުއެވެ. އަދި ހަމަ އެރޭ ޝަރަފުއްދީން ސްކޫލްގައި ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ފުހުންވަނީ، އަވައްޓެރި ފުލުހުން ޕްރޮގްރާމާއި ގުޅޭ ތަޢާރަފެއް އަރުވައިފައެވެ. މިގޮތުން ކޮންމެ އަވަށެއްގައި ވެސް މަޢްލޫމާތު ބަދަލުކުރުމުގައި ޙިއްސާވާނެ ފަރާތްތަކެއް ކަނޑައެޅިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުންތަކުގައި ފުލުހުންގެ ފަރާތުންހުރި ކަންބޮޑުވުންތައް ވެސް ހުށަހަޅައި ދީފައިވެއެވެ. ފުލުހުންގެ ވާހަކައިގައި ފާހަގަކުރެވުނު ބައެއް މުހިއްމު ވާހަކަތައް:
- ވަގަށް ނަގައިގެންދާ މުދާތައް ގަންނަނީ ރައްޔިތުންގެތެރެއިން ބަޔަކުކަމަށްވުން
- ނުއަގުގައި ތަކެތި ގަންނަ ފަރާތްތަކާއިމެދު ސަމާލުވުން، އަދި އެފަދަތަކެތި ވިއްކަން ގެންނަ ފަރާތްތަކާއިމެދު ސަމާލުވުން
- ފުލުހުންގެ އެޕް ބޭނުންކުރައްވައިގެން ކާކުކަން ނޭނގޭގޮތަށް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން
- ކުއްކުރާ މީހުންނަށް ފާރަވެރިވެ، ފުރުޞަތު ނުދިނުން
- އަވަށްޓެރި ފުލުހުންގެ ނިޒާމެއް ޤާއިމުކުރެވޭނީ މުޅި ނެއިބަރހުޑު އެއްކޮށް މަސައްކަތްކޮށްގެން
- ގާނޫނީ ހުރަސްތައް ހުރުން، އޭގެތެރޭގައި ބޭނުންވާ ދަނޑިވަޅުގައި ކޯޓު އަމުރު ނުލިބުން
- ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ނުގެނެވި ލަސްވުން
ރައްޔިތުންގެ ތެރެއިން ހުށަހެޅުނު ބައެއްކަންކަން:
- ފުލުހުންނަކީ އިތުބާރު ހިފޭފަދަ ބަޔަކަށްވުމަށް މަސައްކަތްކުރުން
- ކޯޓު އަމުރުތަކާއި ގުޅޭ ތަފްޞީލްތައް ޢާއްމުކުރެއްވުން
- ޤާނޫނަށް ގެންނަވަން ފެންނަ އިސްލާޙުތަކަށް އިތުރަށް ވަކާލާތުކޮށްދެއްވުން
