އައްޑޫގެ މަގެއްގައި ނަމްބަރު ބޯޑެއް ނެތި އެއްގަމު އުޅަނދެެއް ދުއްވަމުންދާ މަންޒަރު

ހަބަރު

އެއްގަމު އުޅަނދުތަކުގެ ނަންބޯޑުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް ފޮންޓުން" - ޓްރާންސްޕޯޓް މިނިސްޓްރީ

ދާނިޝް - އައްޑޫ އަތޮޅު | 22 ސެޕްޓެންބަރ 2022 , ބުރާސްފަތި 10:02   354

އެއްގަމު އުޅަނދުތަކުގެ ނަމްބަރު ބޯޑުތައް އިސްލާހު ކުރުމަށް އަންގައި ނަން ބޯޑު ގަވާއިދާ ޚިލާފަށް ހުންނަ އުޅަދުތަކަށް ފިޔަވަޅު އަޅަން ނިންމައިފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު ބުނާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ނަންބަރު ހަރުކުރުމާއި އެކުގައެވެ.

އަދި ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. ހަމައެހެންމެ، ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާކަމެކެވެ.

މީގެ އިތުރުން ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާކަމެކެވެ. ހަމައެއާއި އެކު ޤަވާއިދުގެ ދަށުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ.

އަދި މި ޤަވާއިދާއި ޙިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ގާނޫނީ ވިޔަވަޅު އެޅިގެންދާނެ މަނާކަމެކެވެ.

ޓެގްސް: ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.