ރަޝިޔާގެ ވްލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

ދުނިޔެ

އުތުރު ކޮރެއާއިން، ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭކަމާއިމެދު އެޤައުމުން އިންކާރު ކޮށްފި

ޒައިން ޠާލިބް - ދުނިޔެ | 22 ސެޕްޓެންބަރ 2022 , ބުރާސްފަތި 12:03   330

ބުނަނީ އެއްވެސް އިރެއްގައި، ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީ، ވިއްކާފައި ނުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް އުތުރު ކޮރެއާއިންބުނެފިއެވެ.

މީގެކުރިން އެމެރިކާގެ އޮފިޝަލުންނާއި ޙަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނެފައިވަނީ، އުތުރު ކޮރެއާގެ އަތުން ރަޝިޔާއަށް ރޮކެޓާއި އާޓިލަރީ ޝެލް ގަންނަމުންދާކަމަށެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ނެރުނު ބަޔާނެއްގައި، ޑިފެންސް މިނިސްޓްރީގެ ނަން ހާމަނުކުރާ އޮފިޝަލަކާއި ޙަވާލާދީ ބުނެފައިވަނީ އެއްވެސް އިރެއްގައި، ރަޝިޔާއަށް ހަތިޔާރު ނުވަތަ ވަޒަން އެކްސްޕޯޓްކޮށްފައި ނުވާ ކަމަށާއި އެކްސްޕޯޓް ކުރަން ރާވާކަށް ނުވެސް ނުޖެހޭނެ ކަމަށެވެ.

އެމެރިކާއާއި އަދި އެހެން ޢަދާވާތްތެރި ބާރުތަކުން އެގައުމުގެ ސިޔާސީ އަދި އަސްކަރީ މަގުސަދުތައް ހާސިލް ކުރުމަށް ޚަބަރުތައް ފަތުރިފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ކްރޫޒް މިސައިލް ފަދަ ޒަމާނީ ހަތިޔާރުތައް ބޭނުންކުރި ނަމަވެސް، ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމަކީ އެގައުމުގެ އަސްކަރިއްޔާއަށް ޚަރަދު ބޮޑު ކަމެއްކަން ސާބިތުވެފައިވެއެވެ. އަދި ފާއިތުވި މަސްތަކުގައި އެގައުމަށް ފޮނުވި ހުޅަނގުގެ ހަތިޔާރުތައް ބޭނުންކޮށްގެން ޔޫކްރޭންގެ ސިފައިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އުތުރު ކޮރެއާގައި ރަޝިޔާއިން ފަރުމާކޮށްފައިވާ ގިނަ ހަތިޔާރުތަކަކީ ސޯވިއެޓް ޒަމާނުގެ ހަތިޔާރުތަކެއް ނަމަވެސް އެގައުމުގައި ރަޝިޔާގެ މިސައިލްތަކާ އެއްގޮތް މިސައިލްތަކެއް ހުރެއެވެ.

އުތުރު ކޮރެއާއަކީ، މިދިޔަ ޖުލައި މަސްތެރޭގައި، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ރަޝިޔާގެ ތާއީދު އޮންނަ ވަކިވެގަތުމުގެ ދެ ސަރަހައްދެއް ރަސްމީކޮށް ބަލައިގަތް މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އޭގެ ބަދަލު ހިފުމެއްގެގޮތުން ޔޫކްރޭނުން ވަނީ ޕިއޮންގްޔަންގްއާ އެކު އޮތް ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް ކަނޑާލާފަ އެވެ.

މިމަހުގެ ކުރީކޮޅު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އެގައުމުގެ "ފުރިހަމަ އަދި ބިނާކުރަނިވި ދެ ގައުމުގެ ގުޅުންތައް" ފުޅާ ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.