މާސެޑީސް އީކިއުއެސް

ޓެކްނޯލޮޖީ

މާސެޑީސްގެ އާ އިލެކްޓްރިކް ކާރުގައި ނިދާލެވޭނެ

ދީދާތު ރަޝީދު - ދުނިޔެ | 22 ސެޕްޓެންބަރ 2022 , ބުރާސްފަތި 11:47   441

މާސެޑީސް އިން މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު އަދި އެންމެ ލަގްޒަރީ އިލެކްޓްރިކް ކާރު ދައްކާލައިފި އެވެ. މާސެޑީސް އީކިއުއެސް އަކީ އެ ކުންފުނީގެ ފްލެގްޝިޕް މޮޑެލް ކަމަށްވާ މާސެޑެސް އެސް ކްލާސް ސެޑާން އާއި އެއްވަރުގެ ބެޓެރީން ދުއްވާ އެއްޗެކެވެ.

އެސް ކްލާސް ފަދައިން އީކިއުއެސް ވެސް ފަރުމާކޮށްފައި ވަނީ ބޮޑު އަދި އަރާމު ގޮތަށެވެ. ބޮޑު އިންޖީނެއްގެ ބޭނުން ނެތުމުން އީކިއުއެސްގައި ސްލޯޕިން ހޫޑެއް ހުރުމުން 1990 ގެ އަހަރުތަކުގައި އެންމެ މަގުބޫލު ކެބް ފޯވާޑް ޑިޒައިންތައް ހަނދާންކޮށްދެ އެވެ.

މާސެޑެސްގެ ޑިޒައިނަރުން ބުނާގޮތުން ގޮތުގައި، އީކިއުއެސް އަކީ ދުނިޔޭގައި ފެކްޓްރީން އުފައްދާ އެންމެ އެރޯޑައިނަމިކަލީ އެފިޝަންޓް ޕެސެންޖަރ ކާރަކަށް ހެދުމަށް އެހީތެރިވެދިން ކަމެކެވެ.

ކާރު ދުއްވަން ފަސޭހަވާނެހެން، އީކިއުއެސްގެ ބޮޑީ، ގަޑިއަކު 75 މޭލަށް ވުރެ ބާރުމިނުގައި އޮޓޮމެޓިކުން ބިމާއި ކައިރިކޮށްލައެވެ. އަދި ގަޑިއަކު 100 މޭލަށް ވުރެ ބާރުމިނުގައި އެއަށްވުރެވެސް ތަންކޮޅެއް ބޮޑަށް ތިރިކޮށްލަ އެވެ.

ޔޫރަޕްގެ ޓެސްޓިން ސްޓޭންޑަޑްތައް ބުނާގޮތުން، މި ކާރު ފުލްކޮށް ޗާޖުކޮށްގެން ގާތްގަނޑަކަށް 480 މޭލު ދުއްވޭނެ އެވެ.

އެސް ކްލާސް ފަދައިން އީކިއުއެސް ވެސް ގަސްތުކޮށްފައިވަނީ މާސެޑެސްގެ އެންމެ ޒަމާނީ ޓެކްނޮލޮޖީތަކުގެ ޝޯކޭސްއެއްގެ ގޮތުގަ އެވެ. މިސާލަކަށް ޓެސްލާގެ ބައެއް މޮޑެލްތަކުގައި ހުންނަ ދޮރުތަކާ އެއްގޮތަށް އޮޓޮމެޓިކުން ދޮރުތައް ވެސް އޮޕަރޭޓް ކުރެ އެވެ. ޑްރައިވަރު ކައިރިވާވަރަކަށް ދޮރުގެ ހޭންޑްލްތައް އޮޓޮމެޓިކުން ދިގުވެ، ޑްރައިވަރު ކައިރިވާވަރަކަށް ދޮރުތައް ހުޅުވޭނެ އެވެ. އަދި ޑްރައިވަރު ބްރޭކްގައި ފިޔަވަޅު އެޅުމުން ވެސް ދޮރު އަމިއްލައަށް ބަންދުވެދާނެ އެވެ. އަދި ޑްރައިވަރަށް ޕަސިންޖަރުންގެ ދޮރުތައް އޮޕަރޭޓްކޮށްގެން އެހެން މީހުން ކާރަށް ވަދެ ނުކުމެވޭނެ ގޮތް ވެސް ހެދިދާނެ އެވެ.

އެތެރޭގައި މާސެޑެސް އީކިއުއެސްގައި އިޚްތިޔާރީ ޓަޗްސްކްރީން ސިސްޓަމެއް ހުންނައިރު، އެ ސިސްޓަމެއްގައި ޑްރައިވަރުގެ ސައިޑް ވިންޑޯއިން ފެށިގެން ޕަސިންޖަރުގެ ސައިޑް ވިންޑޯއާ ހަމައަށް މުޅި ޑޭޝްބޯޑް ކަވަރު ކުރެވޭނެ އެވެ. މި ބޮޑު ބިއްލޫރި ޕެނަލްގެ ދަށުގައި، ހަގީގަތުގައި ވަކިވަކިން ތިން ސްކްރީން ހުރެއެވެ – އޭގެ ތެރޭގައި ހަމައެކަނި ޕަސިންޖަރަށް ޚާއްޞަ ސްކްރީނެއް ހިމެނެއެވެ.

ސަގާފީ ވިސްނުމަށް އިސްކަންދޭ ފަރާތްތަކަށް އީކިއުއެސް އާއިއެކު، ރެކްޓަންގިއުލަރ ސެންޓްރަލް ޓަޗްސްކްރީނެއް ލިބޭނެ ކަމަށާއި ޑޭޝްބޯޑުގެ ބާކީ ބައި ލަކުޑި، ހަމުގެ ނުވަތަ އެނޫންވެސް ތަކެތިން ނިވާކޮށްފައި ހުންނާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އީކިއުއެސް އިން ވަނީ ރެސްޓް ސްޓޮޕް ކުރާއިރު ޑްރައިވަރުންނަށް ކޮންމެވެސް ފަސޭހަވާނެހެން،ނިދުމަށް އެހީތެރިވެދޭ ހާއްސަ ޕަވަރ ނެޕް ޕްރޮގްރާމެއް ވެސް ހިމަނާފައެވެ. މިސިސްޓަމް ތެރެއިން، އޮޓޮމެޓިކުން ޑްރައިވަރުގެ ގޮނޑި އަރާމުގޮތަށް ބަދަލުކޮށް، ބިއްލޫރި ފުރާޅު ހުރަސްކޮށް ކުޑަދޮރުތަކާއި ސަންޝޭޑް ބަންދުކޮށްލައެވެ. އަދި އެތެރޭގެ އަލިކަމާއި ފިނިހޫނުމިން ވެސް ބަދަލުވެގެންދަނީ ހިތްހަމަޖެހޭ މާހައުލެއް އުފައްދައިދޭފަދަ ގޮތަކަށެވެ. ހިތްހަމަޖެހޭ އަޑުތަކެއް ސްޕީކަރުތަކުން އަންނައިރު ޑޭޝްބޯޑް ސްކްރީންތަކުން ތަރިތަކުން ފުރިފައިވާ ރޭގަނޑުގެ އުޑުމަތީގެ ތަސްވީރުތައް ފެނެ އެވެ. ދެން ކާރުގައި ހޭއެރުމުގެ ރޫޓިންއެއް ފަށާއިރު، އޭގެ ތެރޭގައި ހާއްސަ ހަކަތަ އިޙްސާސްކުރެވޭ ވަސްތަކާއި މަޑުމަޑު މަސާޖެއްގެ އަރާމުކަން ވެސް އެކުލެވޭނެއެވެ. އޭގެ ފަހުން އެންމެ ފަހުން ގޮޑި މައްޗަށް ގެންގޮސް އޯވަހެޑް ސަންޝޭޑް ހުޅުވާލައެވެ.

އީކިއުއެސްގައި ހަތަރު ފުރޮޅުލީ ސްޓިއަރިން ވެސް ލިބޭއިރު، މިއީ އެސް ކްލާސް ސެޑާންގައި ވެސް ލިބޭނެ ފީޗާއެކެވެ. ބާރު ސްޕީޑެއްގައި ދުއްވާއިރު ފަހަތު ފުރޮޅުތައް ކުރިމަތީ ފުރޮޅުތަކާ އިދިކޮޅަށް ކުޑަކޮށް އެނބުރެއެވެ. މިއީ ބޮޑު އުޅަނދަކަށް އެހެން ގޮތަކަށް އެނބުރޭނެ ވަރަށް ވުރެ މާ ކުޑަ ޖާގައެއްގައި އެނބުރޭނެ ގާބިލްކަން ލިބިގެންދާ ކަމެކެވެ.

އީކިއުއެސް ފުރަތަމަ ހުށަހަޅާނީ ރިއަރ ވީލް ޑްރައިވް 329 ހޯސްޕަވަރުގެ އީކިއުއެސް 450+ އަދި އޮލް ވީލް ޑްރައިވް 516 ހޯސްޕަވަރުގެ އީކިއުއެސް 580 ގެ ދެ ވަރޝަނެއްގައި ކަމަށް މާސެޑެސް އިން ބުނެފައި ވެއެވެ. އީކިއުއެސްގެ އަގު ބުނެފައި ނުވި ކަމުގައި ވިއަސް އީކިއުއެސްގެ އަގު 100،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ . ގޭސް އިން ދުއްވާ އެސް ކްލާސްގެ އަގުތައް ފެށެނީ 100،000 ޑޮލަރަށް ވުރެ ކުޑަކޮށް މަދުންނެވެ. އީކިއުއެސް އެމެރިކާގައި ވިއްކަން ފަށާނީ މިއަހަރުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޓެގްސް: ދަތުރުފަތުރު ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.