ޔޫކްރޭންގެ ލީޑަރު ވްލާޑިމިއަރ ޒެލެންސްކI

ދުނިޔެ

ޔޫކްރޭންގެ ލީޑަރު ވަނީ ހަނގުރާމައިގެ ހާއްސަ ޓްރައިބިއުނަލެއް އުފެއްދުމަށް ގޮވާލާފައި

ޒަހީން ޠާލިބް - ޔޫރަޕް | 22 ސެޕްޓެންބަރ 2022 , ބުރާސްފަތި 12:13   219

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން "އިންސާފުވެރި އަދަބު" އަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޒެލެންސްކީ މިހެން ވިދާޅުވީ، ނިއު ޔޯކްގައި ބޭއްވި ޖަލްސާއެއްގައެވެ.

ޒެލެންސްކީގެ ވާހަކައިގައި ރަޝިޔާއިން ކުރަނި "ގާނޫނާ ހިލާފު ހަނގުރާމަ" އެއްކަމަށާއި، އަދި "ކާރިސާގެ ހަލަބޮލިކަން" އުފެދިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އޭނާ ސުލްހައިގެ "ފޯމިއުލާއެއް" ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އިތުރު އަސްކަރީ ތާއީދު ދިނުމާއި އަދި ދުނިޔޭގެ މައިދާނުގައި ރަޝިޔާއަށް އަދަބު ދިނުން ހިމެނެ އެވެ.

ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ވާހަތަކުން ޖަލްސާގެ ސެޝަންގައި ބައިވެރިވި ގިނަ ފަރާތްތަކުގެ ސްޓޭންޑިންގ އޯވޭޝަން ލިބިފައިވައިވާކަމަށް ބެލެވެއެވެ. ޒެލެންސްކީގެ ތަޤްރީރުގައި، ސުލްޙައަށްޓަކައި އޭނާ ވަނީ ޝަރުޠުތަކެއް ހުށަހަޅުއްވާފައެވެ. އަދި ރަޝިޔާގެ އުދުވާނީ އަމަލުތަކާއި އެކު އިތުރު އެހެން ނަތީޖާތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ޔޫކްރޭންގައި އިންސާނުންގެ ފުރާނަތައް ހިމާޔަތްކޮށް، އެގައުމުގެ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ބޯޑަރުތަކަށް އިހުތިރާމް ކުރުމަށް ގޮވާލެއްވި އެވެ.

އޭނާގެ ހަތަރުވަނަ އަދި ފަސްވަނަ ޝަރުޠުގެ ގޮތުގައި ކިއެވްއަށް އާ ސަލާމަތީ ޔަޤީންކަން ދިނުމަށާއި، މޮސްކޯގެ ހަތިޔާރު އެޅި ޢުދުވާނަށް ގޮވާލުމުގައި ދުނިޔެ އެއްބައިވަންތަ ކުރުމަށް ގޮވާލެއްވިއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.