ސްރީލަންކާގެ މާރުކޭޓެއްގައި ތަކެތި ވިއްކަން ބަހައްޓާފައި

ހަބަރު

ސްރީލަންކާގައި އޮގަސްޓްމަހު އިންފްލޭޝަން ހުރީ 70 އިންސައްތަ އަށްވުރެ މަތީގައި

ޒަހީން ޠާލިބް - ދުނިޔެ | 24 ސެޕްޓެންބަރ 2022 , ހޮނިހިރު 09:13   267

ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް (ޑީއެސްސީ) އިން ނެޝަނަލް ކޮންސިއުމަރ ޕްރައިސް އިންޑެކްސް (އެންސީޕީއައި) އާއި 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އިންފްލޭޝަން ރޭޓް އާންމުކޮށްފި އެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހުރިހާ އެއްޗެއްގެ އެންސީޕީއައި އަކީ 250.4 ކަމަށާއި، 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިންޑެކްސް ޕޮއިންޓް 6.0 އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެންސީޕީއައި އިން އަހަރުން އަހަރަށް ބަލާއިރު އިންފްލޭޝަންގެ ޖުމްލަ ރޭޓަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު %70.2 އެވެ. އެގޮތުން ޖުލައި މަހު މިއީ %66.7 ގެ ގޮތުގައި ރިޕޯޓްކޮށްފައި އޮތް ރޭޓެކެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ މޫވިންގ އެވްރެޖް އިންފްލޭޝަނަކީ %31.3 އެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހުރިހާ އެއްޗެއްގެ އެންސީޕީއައި އަކީ 250.4 ކަމަށާއި، މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 6.0 އިންޑެކްސް ޕޮއިންޓް ނުވަތަ 2.5 ޕަސެންޓްގެ އިތުރުވުމެކެވެ.

މި އިތުރުވުމަކީ ‘މާކެޓް ބާސްކެޓް’ގައި 1922.68 ރުފިޔާގެ ހަރަދުގެ އަގު އިތުރުވުމެއް ކަމަށް ބެލެވެއެވެ.

އެންސީޕީއައި އިން އަހަރުން އަހަރަށް ބަލާއިރު އިންފްލޭޝަންގެ ޖުމްލަ ރޭޓަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 70.296 ކަމަށާއި ޖުލައި 2022 ގައި ހިސާބުކުރި އިންފްލޭޝަން %66.7 އަށް އަރާފައިވާ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އިންފްލޭޝަން ރިޕޯޓް ކުރެވުނީ މައިގަނޑު ގޮތެއްގައި ކާބޯތަކެތީގެ ގްރޫޕްތަކާއި ކާބޯތަކެތި ނޫން ގްރޫޕްތަކުގައި ވެސް އަގު ބޮޑުވުމުންނެވެ.

އެގޮތުން، ކާބޯތަކެތީގެ ކެޓަގަރީގައި އަހަރުން އަހަރަށް އިންފްލޭޝަން 2022 ވަނަ އަހަރުގެ ޖުލައި މަހު %82.5 އިން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު %84.6 އަށް އިތުރުވެފައިވާއިރު، ކާބޯތަކެތި ނޫން ގްރޫޕްގެ އަހަރުން އަހަރަށް އިންފްލޭޝަން %52.4 އިން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު %57.1 އަށް އިތުރުވެފައިވާކަމަށް ދައްކައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.