ޓެސްމަނިއާގެ ގޮޑުދޮށެއްގައި މަރުވެގެން ލައްގާފައިވާ ވޭލްތަކެއް

ހަބަރު

ތާށިވުމުގެ ސަބަބުން އޮސްޓްރޭލިއާގައި 200 އަށް ވުރެ ގިނަ ވޭލް މަރުވެއްޖެ

ދާނިޝް - އޮސްޓުރޭލިއާ | 23 ސެޕްޓެންބަރ 2022 , ހުކުރު 11:38   511

ތާށިވުމާ ގުޅިގެން މި ހަފްތާގައި އޮސްޓްރޭލިއާގައި ގާތްގަނޑަކަށް 200 ވެލް މަރުވެފައިވާކަމަށާއި ދިރިތިބީ ގާތްގަޑަކަށް 35 ވޭލް ކަމަށް ސަލާމަތީ ޓީމުތަކުން ބުނެފި އެވެ.

ޕައިލެޓް ވޭލްތަކެއް ތާށިވެފައިކަން ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހު ޓެސްމަނިއާގެ އައްސޭރިފަށުގައި ހުންނަ ގޮނޑުދޮށަކުންނެވެ. މީގެ ތެރެއިން ގާތްގަޑަކަށް 200 އަޑްވުރެ ގިނަ ވޭލް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އިރު

ބާކީ ހުރި ވޭލްތައް ސަލާމަތް ކުރުމަށް ޓެސްމަނިއާ ޕާކްސް އެންޑް ވައިލްޑްލައިފް ސާވިސްގެ ސަލާމަތީ ޓީމްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ޓީމްތަކުން ކުރިން ލަފާކޮށްފައިވާ ގޮތުގައި ތާށިވެފައިވާ ވޭލްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަރުނުވެ އަދިވެސް އެބަތިއްބެވެ.

ހަމައެއާއިއެކު

މިއީ ޓެސްމަނިއާގައި މި ހަފްތާގައި ވޭލްތައް ތާށިވެގެން މިފަދަ ހާދިސާއެއް ކުރިމަތިވި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ހަފްތާގެ ކުރީކޮޅު ޑަޒަނަކަށް ވުރެ ގިނަ ސްޕަރމް ވެލްތައް މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ.

ޓެސްމަނިއާގައި އެންމެ ގިނައިން ތާށިވީ 2020 ވަނަ އަހަރު 450 އަށް ވުރެ ގިނަ ޕައިލެޓް ވެލް ތާށިވެގެންނެވެ.

މިލޔުމާއި ގުޅޭ ވީޑިއޯ

ޓެގްސް: އޮސްޓްރޭލިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.