ނެސޯ - ޖަމިއްޔަތުލް ޢުލަމާ ޤުރުއާން މުބާރާތް 2022 ގައި ދަރިވަރަކު ކިޔަވަނީ

ހަބަރު

އައްޑޫގެ ފުރަތަމަ ސްކޫލްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 24 ސެޕްޓެންބަރ 2022 , ހޮނިހިރު 08:58   1068

ޖަމިއްޔަތުލް ޢުލަމާ އިން އިންތިޒާމުކޮށްގެން ބާއްވާ، "ނެސޯ - ޖަމިއްޔަތުލް ޢުލަމާ ޤުރުއާން މުބާރާތް 2022" ބުރާސްފަތި ދުވަހުގެ ހަވީރު އައްޑޫ ހައިސްކޫލްގައި ފަށައިފިއެވެ.

މި މުބާރާތުގެ މަޤްޞަދަކީ ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ހިތުދަސްކުރަން ޝަޢުޤުވެރިކަން އުފެއްދުމާއި، ފަރިތަކަމާއިއެކު ތަރުތީލުކޮށް ރާގަށް ޤުރުއާން ކިޔަވަން އެނގޭ މުޖުތަމައެއް ބިނާކުރުންކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މިއީ ޢާއްމުކޮށް ހުރިހާ އައްޑޫގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މިމުބާރާތުގައި އައްޑޫ 6 ސްކޫލަކުން ބައިވެރިން ބައިވެރިކޮށްފައިވެއެވެ. އެއީ، އައްޑޫ ހައިސްކޫލް، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، ނޫރާނީ ސްކޫލް، ހިރާ ސްކޫލް، އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ.

ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާ މިމުބާރާތުގައި ތިން ގޮތްޕަކަށް ބަހާލެވިގެން 162 ބައިވެރިއަކު ބައިވެރިވެއެވެ. އޭގެތެރޭގައި ސްކޫލްތަކުގެ 126 ދަރިވަކާއި އެކު އަމިއްލަ ގޮތުން ބައިވެރިވާ 36 ބައިވެރިއަކު ހިމެނެއެވެ.

މުބާރާތުގައި ވާދަކުރާ ގޮފިތައް :

  • ބަލައިގެން ކިޔެވުމުގެ ގޮފި
  • ނުބަލައި ކިޔެވުމުގެ ގޮފި
  • ޙާފިޒުންގެ ގޮފި

ކޮންމެ ޢުމުރު ފުރާއަކުން ވެސް ކޮންމެ ސްކޫލަކުން ބައިވެރިވެވެނީ ދެ ދަރިވަރަކަށެވެ.

މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ޢުމުރުފުރާތައް :

  • 7 އަހަރާއި 9 އަހަރާއި ދެމެދުގެ ޢުމުރުފުރާ
  • 9 އަހަރާއި 11 އަހަރާއި ދެމެދުގެ ޢުމުރުފުރާ
  • 11 އަހަރާއި 13 އަހަރާއި ދެމެދުގެ ޢުމުރުފުރާ
  • 13 އަހަރާއި 16 އަހަރާއި ދެމެދުގެ ޢުމުރުފުރާ
  • 16 އަހަރާއި 21 އަހަރާއި ދެމެދުގެ ޢުމުރުފުރާ

ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުރަތަމަ ދަންފަޅީގެ ކިޔެވުމުގެތެރެއިން

ޓެގްސް: މުބާރާތްތައް ކީރިތި ޤުރުއާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.