ފޭންޓަމް އޮފް އޮޕެރާގެ ޝޯއެއްގެ ތެރެއިން

މުނިފޫހިފިލުވުން

"ފެންޓަމް އޮފް އޮޕެރާ" ނިމުމަކަށް

ދާނިޝް - ޔޫރަޕް | 24 ސެޕްޓެންބަރ 2022 , ހޮނިހިރު 18:35   355

މިއުޒިކަލް ޝޯ ތަކުގެ ތެރެއިން މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި "ފެންޓަމް އޮފް އޮޕެރާ" ހުއްޓާލުމަށް ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި މީގެ 35 އަހަރު ކުރިން އޮކްޓޫބަރު 9، 1986 ވަނަ އަހަރު ފެށި މި މަޝްހޫރު މިއުޒިކަލް ހުއްޓާލުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެންޑްރޫ ލޮއިޑް ވެބާ ކޮމްޕޯޒްކޮށްފައިވާ "ފެންޓަމް އޮފް އޮޕެރާ" ހުއްޓާލަން މިނިންމީ ކޮވިޑަށްފަހު ތިއޭޓަރުތަކަށް މީހުން ވަނުން މަދުވުމާއި އެކު ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.

މި މިއުޒިކަލްގެ ވާހަކައިގައި ޕެރިސް އޮޕެރާ ހައުސްގައި ހިނގާ ބައެއް ހާދިސާތަކުން އެ ތަނަކީ ނާމަން އަދި ފެންޓަމްއެއް އަވަލާފައިވާ ތަނެއް ކަމުގައި ދައްކައެވެ. މިއުޒިކަލްގައި ފެނިގެންދާ މި ފެންޓަމް އަކީ ފެންޓަމް އަކީ މާސްކެއް އަޅައިގެން ޕެރިސް އޮޕެރާ ހައުސްގައި މީހުންނަށް ނުފެނި ދިރިއުޅޭ އޭރިކް ކިޔާ މީހެކެވެ. އޭނާ އެތަނުގައި މަސައްކަތްކުރާ ސޮޕްރާނޯ ކިޔާ މައުސޫމް ކްރިސްޓީންއާ ގަޔާވެ އޭނާ ހާސިލްކުރަން މަަސައްކަތް ކުރެއެވެ.

މި ޝޯއަށް 2004 ގައި ޖެރާޑް ބަޓްލާ އާއި އެމީ ރޮސަމް އަދި ޕެޓްރިކް ވިލްސަންއާ އެކު ޖޮއެލް ޝޫމާކާ ވަނީ ފިލްމެއްވެސް ހަދާފަ އެވެ.

ދުނިޔޭގެ 35 ގައުމެއްގެ 140 މިލިއަނަށް ވުރެ ގިނަ މީހުންނަށް "ފެންޓަމް އޮފް އޮޕެރާ" މިހާތަނަށް ކުޅެދީފައިވެ އެވެ. މި މިއުޒިކަލްއަށް ހަތް ޓޯނީ އެވޯޑް ލިބިފައިވެ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.