ތޫފާން ފިއޯނާ

ހަބަރު

ތޫފާން ފިޔޯނާ އާއި އެކު ކެނެޑާއަށް ބޮޑެތި ގެއްލުންތަކެއް

ދާނިޝް - އެމެރިކާ | 25 ސެޕްޓެންބަރ 2022 , އާދީއްތަ 14:28   226

ކެނެޑާގެ އިރުމަތީ ސަރަހައްދުތަކަށް ތޫފާން ފިޔޯނާގެ ނަން ދީފައިވާ ނުރައްކާތެރި ތޫފާނެއް އަރައިފިއެވެ.

މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އިރުމަތީގެ ނިއުފައުންޑްލެންޑްއަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދާއިރު އެ ޕުރޮވިންސުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައި ވާކަމަށް ކެނެޑާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ނިއުފައުންޑްލެންޑުގެ އެންމެ އިރުދެކުނުން އޮންނަ ޗެނަލް ޕޯރޓް އޯ ބާސްކް ސަރަޙައްދުގެ 500,000 އަށްވުރެ ގިނަ ގޭބީސީން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެޑިފައެވެ.

މީގެ އިތުރުން ގަދަ ވަޔާއި އެކު ގިނަ އަދަދެއްގެ ކަރަންޓު ދަނޑިތައް ވަނީ ވެއްޓި ގެތަކުގެ ފުރާޅުތައްވަނީ ވަޔާ އެއްލައިލާ، ގިނަ އަދަދެއްގެ ރުއްގަސް ވެއްޓިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ ތޫފާނުގެ އަސަރު ނޮވާސްކޯޓިޔާއަށް ވެސް ކުރިއެވެ.

ނޮވާ ސްކޯޓިޔާގެ އިތުރުން ނިއުބްރަންސްވިކްއާއި ޕްރިންސް އެޑްވަރޑް އައިލެންޑްސްގައި ވެސް އެތައް ހާސްގޭބީސީއަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އަދި، ބައެއްޢިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ތޫފާން ފިޔޯނާއާއި އެކު ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާކަމަށް ކެނެޑާހެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ކެނެޑާގެ އިރުމަތީގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ތޫފާން ފިޔޯނާ ވަނީކެރީބިޔަންގެ ޤައުމުތަކެއް ކަމުގައިވާ ބަރްމިޔުޑާއާއި ޑޮމިނިކަންރިޕަބްލިކްގެ އިތުރުން އެމެރިކާގެ އިދާރީ ސަރަޙައްދެއް ކަމުގައިވާ ޕުއެރްތެރީކޯއަށް ވެސް އަރާފައެވެ.

ޓެގްސް: ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.