އެސްޓީއޯގެ އެމްޑީ ހުސެން އަމްރު، އައިޓީއެފްސީގެ ސީއީއޯ، އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަބަރު

ޒަރޫރީ ތަކެތި ގަތުމަށް، އެސްޓީއޯ އިން އަނެއްކާވެސް 189 މިލިއަން ޑޮލަރު ލޯނެއް ނަގައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ސެޕްޓެންބަރ 2022 , އާދީއްތަ 16:02   400

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި (ކާޑާއި ތެލާއި، ބޭސް) ގަތުމަށްޓަކައި އެސްޓީއޯ އިން އިސްލާމިކް ފައިނޭންސިންގ ދަށުން، 189 (ސަތޭކަ އައްޑިހަ ނުވަ) މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަކަށްޓަކައި ބޭއްވުމުނު ރަސްމިއްޔާތުގެ އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު އެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އެގްޒެކެޓިވް އޮފިސާރ (ސީއީއޯ) ހާނީ ސަލީމް ސޮންބޮލް އެވެ. ހެއްކެއްގެ ގޮތުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ އައިޓީއެފްސީ އިން ރާއްޖެއަށް ވަމުންދާ އެހީ ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އިގްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެދެއްވި ވަރަށްބޮޑު އެހީތެރިކަމެއްކަމަށާއި، މީގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އޮތް ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ގޮސްފައިވާކަމަށެވެ.

ޓެގްސް: ޢެސްޓީއޯ ލޯން އެއްބަސްވުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.