ތޫފާން ނޯރޫ

ދުނިޔެ

ތޫފާން ނޯރޫ އާއި އެކު ފިލިޕީންސް ހާސްކަމެއްގެ ތެރޭގައި

ދާނިޝް - ދެކުނު އޭޝިޔާ | 26 ސެޕްޓެންބަރ 2022 , ހޯމަ 18:48   307

ފިލިޕީންސްގެ އިރުމަތީ ޖަޒީރާތަކާއި ދިމާއަށް ދަތުރުކުރަމުންދާ ތޫފާނެއްގެ ސަބަބުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް އެ ގައުމުގެ ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފިއެވެ.

ތޫފާން ނޯރޫގެ ސަބަބުން އެގައުމުގެ 110 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭ މައި ޖަޒީރާ ލޫޒޯން އަށް ގަޑިއަކު 240 ކިލޯމީޓަރަށް ވައިގަދަވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައި، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތި ވާނެކަމަށް ފިލިޕީންސްގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މިހާތަނަށް 8،400 އަށް ވުރެ ގިނަ މީހުން ސަލާމަތީ ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ވެރިރަށް މެނިލާގެ ސަރަހައްދުތަކަށް "ސީރިއަސް ފެންބޮޑުވުމުގެ" އިންޒާރު އޮފިޝަލުން ވަނީ ދީފައެވެ.

ތޫފާނުގެ ބާރުމިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގަޑިއަކު 90 ކިލޯމީޓަރު އިތުރުވެފައިވެއެވެ.

ފިލިޕީންސްގެ މޫސުމާބެހޭ ހިދުމަތުން ލޫޒޯންއަށް ވައިގެ ސިގްނަލް ފަހެއް ނެރެފައިވާއިރު، މިއީ ނޯރޫ އަކީ ސުޕަ ޓައިފޫނެއްގެ ގޮތުގައި ފާހަގަކުރާ އެންމެ މަތީ އިންޒާރު ލެވެލް އެވެ.

ފިލިޕީންސްގް މެނިލާގެ އިރުމަތީގައި އޮންނަ ކުއެޒޮން ޕްރޮވިންސްގައި މަސްވެރިނަށް މި ތޫފާނާއި ގުޅިގެން ކަނޑަށް ދިޔުމަށް ހުރަސް އެޅިފައިވާއިރު، ބައެއް ސަރަހައްދުތަކުން ކަރަންޓް ނުލިބޭ ކަމަށްވެސް ދަނީ ރިޕޯޓްކުރަމުންނެވެ. ހަމައެހެންމެ ފްލައިޓް ތަކާއި ފެރީތަކުގެ ދަތުރުތައް މަޑުޖެހުމާއި ގުޅިގެން ދަތުރުފަތުރު ކުރުމަށްވެސް ބޮޑެތި ގޮންޖެހުންތަކަކާއި ވަނި ކުރިމަތިލާން ޖެހިފައެވެ.

މީގެއިތުރުން ފިލިޕީންސްގެ އިރުމަތީ އައްސޭރިފަށުގައި ނުރައްކާތެރި ތޫފާންތަކެއް އުފެދި، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. އެގައުމުގެ ސްޓޮކް އެކްސްޗޭންޖުގައި ވިޔަފާރި ވެސް މިއަދުން ފެށިގެން މެދުކަނޑާލާނެ ކަމަށާއި އެނާޖީ މިނިސްޓްރީން އެ ކައުންޓީގެ ހަކަތައާ ގުޅުން ހުރި ހުރިހާ ސިނާއަތްތަކެއް ހައި އެލާޓަށް ލާފައިވާ ކަމަށްވެސް ފިލިޕީންސްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕެސިފިކް ކަނޑުގެ 7000 އަށް ވުރެ ގިނަ ޖަޒީރާ ހިމެނޭ ފިލިޕީންސް އަކީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 20 ތޫފާން ގެ އަސަރުކުރާ، ތޫފާންތަކުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބޭ ގައުމެކެވެ.

ޓެގްސް: ފިލިޕީންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.