ފިލިޕީންސް އަށް ތޫފާނެއް އަރައި އެތައް މިލިއަން މީހުން ޙާލުގައި ޖެހިއްޖެ

ހަބަރު

ފިލިޕީންސް އަށް ތޫފާނެއް އަރައި ފަސް މީހަކު މަރުވެއްޖެ

ޒަހީން ޠާލިބް - ދުނިޔެ | 26 ސެޕްޓެންބަރ 2022 , ހޯމަ 11:17   294

ފިލިޕީންސް އަށް ޠޫފާނެއް އަރައި، ގެތަކަށް ފެންވަދެ، އެތައް މިލިއަން ބަޔަކަށް ކަރަންޓްކެނޑި ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހިއްޖެއެވެ.

މި ޠޫފާނުގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދިޔަ 5 މީހަކުވެސް މަރުވެފައިވެއެވެ. އެމީހުން ވަނީ ވެރިރަށް މެނިލާގެ އުތުރުގައި އޮންނަ ސެން މިގްއެލް ޑިސްޓްރިކްޓްގައި އޮޕަރޭޝަންތައް ހިންގަމުން ދަނިކޮށް ފްލެޝް ފްލަޑްގެ ސަބަބުން ފޭނާއިއެކު ގޮސްފައެވެ.

އެ ޑިސްޓްރިކްޓަކީ ތޫފާން ނޯރޫގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޑިސްޓްރިކްޓެކެވެ. ބައެއް ރައްޔިތުން ފުރާޅުތަކުގައި ތާށިވެފައި ތިބިތަން ފެނިފައިވާއިރު، އަނެއް ބަޔަކު މޭމަތިން މައްޗަށް ކުންޏާއިއެކު ފެން ދަތުރުކޮށްފައިވެއެވެ.

ތޫފާނުގެ ސަބަބުން އެގައުމުގެ 110 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ލޫޒޯން އަށް ގަޑިއަކު 240 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެގެން ދިޔަ އެވެ.

އެތަނުގެ ނަމުން "ކާޑިންގް" ނަންދީފައިވާ، ނޯރޫ ޠޫފާން ފުރަތަމަ އައީ ސުޕަ ޓައިފޫނެއްގެ ގޮތުގައި ނަމަވެސް ފަހުން އާދީއްތަ ދުވަހުގެ ލޯކަލް ގަޑިން 20:20 (ޖީއެމްޓީ 12:20) ގައި ބަލިކަށިވި އެވެ. އަންނަ ހޯމަ ދުވަހުގެ މެންދުރުފަހުން، ފިލިޕީންސް އެ ތޫފާން ދާނެ ކަމަށް ބެލެވެ އެވެ.

ސެން މިގްއެލްގެ ރަށެއް ކަމަށްވާ ސެން ވިންސެންޓޭގައި އެއް މީހަކު އޭނާގެ ދޮރުން ފެން ފޮހެލަން ބޭކާރު ގޮތަކަށް މަސައްކަތް ކުރަމުން ދިޔަތަން ފެނިފައިވެ އެވެ. އަނެއް މީހާ، އޭނާގެ ގޭގެ ފުރާޅުގެ މަތީގައި ހުރެގެން ހަޅޭއްލަވައިގަތީ އެ ގައުމުގެ ލީޑަރުން "މޫސުމަށް އަންނަ ބަދަލުތަކަށް ފޯކަސް ކުރަން" ކަމަށެވެ.

ހެނދުނު 04:00 އެހާކަންހާއިރު އެރަށަށް އުދައެރުން އެންމެ މައްޗަށް ގޮސްފައިވާއިރު، ލޮނުގަނޑު ދަނީ މިހާރު މަޑުމަޑުން ތިރިވަމުންނެވެ.

ޓެގްސް: ފިލިޕީންސް ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.