މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެންގެވުމުގެ ޚާއްޞަ ރަސްމިއްޔާތުގަައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ހެނދުނު 6.00 ގައި، އުތީމުގައި ހުންނަ ގަނޑުވަރު މައިދާނުގައެވެ.
މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލް އައްވަލުމަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ޕޯޗްގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރި އުތީމަށް ނިސްބަތްވާ ދޮންބަންޑާރައިންގެ އަގުހުރި ޝަހީދުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މިނިވަން ދުވަހުގެ މިރަސްމިއްޔާތުގައި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެނިހެން ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.