ސޯޝަލް ޗެޓް އެޕްލިކޭޝަން، ވަޓްސްއެޕް

ޓެކްނޯލޮޖީ

ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯކޯލް ކުރާމީހުންގެ ޑޭޓާ ހެކްކުރާ މައްސަލަ ޙައްލުކޮށްފައިވާކަމަށް އެކުންފުނިން ބުނެފި

އަލީ އަޒްޔަން - ދުނިޔެ | 29 ސެޕްޓެންބަރ 2022 , ބުރާސްފަތި 10:36   295

ވަޓްސްއެޕް އިން ސީރިއަސް ސިކިއުރިޓީ މައްސަލަތަކެއް ޙައްލުކޮށްފައިވާކަމަށް ބުނެފިއެވެ. އެކުންފުނިން ނެރެފައިވާ ބަޔާނުގައިވާގޮތުން، އެންރޮއިޑް ފޯނުތައް ބޭނުންކޮށްގެން ވީޑިއޯކޯލްކުރާ ފަރާތްތަކުގެ މަޢްލޫމާތު، ރިމޯޓްކޮށް މެލްވެއަރ ފޮނުވައިގެން ހެކްކުރެވެއެވެ. ނަމަވެސް، މިމައްސަލަ މިހާރު ޙައްލުކޮށްފައިވާކަމަށެވެ.

ވަޓްސްއެޕުން މިބަގް އާއިގުޅޭ ހުރިހާ ވާހަކައެއް ހާމަކޮށްފައިނުވި ނަމަވެސް، އޮންލައިން ސިކިއުރިޓީ ކުންފުނި މެލްވެއަރބައިޓްސް އިން ބުނެފައިވަނީ، އެކުންފުނީގެ އަމިއްލަ ދިރާސާތަކުން ވަޓްސްއެޕްގެ "ވީޑިއޯ ކޯލް ހެންޑްލާރ" ބޭނުންކޮށްގެން ރިމޯޓްކޮށް ހެކްކުރާމީހުންނަށް މުޅިއެޕްގެ ކޮންޓްރޯލް ނެގޭކަން ކަށަވަރުކޮށްދީފައެވެ.

މި ބަގް އަށް އެކުންފުނިން ދީފައިވަނީ 10 ކުން 9.8 އަށެއްގެ ރޭންކެކެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް މިފަދަ މައްސަލަތަކެއް ފެންމަތިވިއެވެ. އެފަހަރު އެބަގް ބޭނުންކޮށްގެން އިޒްރޭލުގެ ކުންފުންޏަކުން ވަނީ ދުނިޔޭގެ އެތައް ނޫސްވެރިންގެ ފޯނުތައް ހެކްކޮށްފައެވެ.

ވަޓްސްއެޕުން އައިފޯނުތަކަށް، ފޭކު ވީޑިއޯ ފޮނުވައިގެން ހެކްކުރާ މައްސަލައާއި ގުޅުވައިގެން، އިތުރު ސިކިއުރިޓީ މައްސަލަތަކެއްގެ މަޢްލޫމާތު ވެސް މިހަފްތާތެރޭގައި ޢާއްމުކޮށްފައިވެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.