ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

ދުނިޔެ

ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު – ކިމް ސޮންގް

ދާނިޝް - އޭޝިއާ | 28 ސެޕްޓެންބަރ 2022 , ބުދަ 09:01   360

ކޮރެއާ ސަރަހައްދުގައި ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި އުތުރު ކޮރެޔާގެ ސަފީރު ކިމް ސޮންގް ވިދާޅުވެއްޖެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 77ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އޭނާ ވިދާޅުވީ ދެކުނު ކޮރެޔާއާއި އެމެރިކާގެ އަމަލުތަކާއި އެކު، އުތުރު ކޮރެޔާ އާއި ދެކުނު ކޮރެޔާ ދެމެދު ވަރަށް ބޮޑު ހާސްކަމެއް އުފެދިފާވާ ކަމުގައެވެ. މިއީ އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ފެށުމާ ގުޅިގެން އޭނާ ބުނި އެއްޗެއް ކަމަށް ބެލެވެއެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން އަސްކަރީ ތަމްރީނުތައް ފަށާފައި މި ވަނީ އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލެއްގެ އަޖުމަބެލުމަށް ޓެސްޓުތަކެއް ހެދުމާ ގުޅިގެންނެވެ. މީގެއިތުރުން އުތުރު ކޮރެޔާއިން ވަނީ ދާދިފަހުން، އެ ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމަށް ފަސް ނުޖެހޭނެކަން ވެސް ވަނީ ހާމަކޮށްފައެވެ.

ދެކުނު ކޮރެޔާގައި އެމެރިކާގެ 28,500 ސިފައިންގެ މައްޗަށް އެކުލެވިގެންވާ ބޮޑު ފައުޖެއް ޤާއިމުވެފައި އެބަތިބެއެވެ. މިި ފައުަޖަކީ އުތުރު ކޮރެޔާއިން ހަމަލާއެއް ދީފި ހާލަތެއްގައި ދެކުނު ކޮރެޔާ ހިމާޔަތް ކުރުމުގައި އެހީތެރިވުމެވެ. މީގެ އިތުރުންވެސް އެމެރިކާއިން ދަނީ ދެކުނު ކޮރެޔާގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

ޓެގްސް: ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.