2.1ބރ. ޚަރަދުވާ، މިޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

ހަބަރު

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް - ރައީސް

އަލީ އަޒްޔަން - ހއ | 28 ސެޕްޓެންބަރ 2022 , ބުދަ 07:59   329

ޤައުމީދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިޙް ވަނީ ސަރުކާރުން ކުރިއަށްގެންދަވާ ބައެއް ޕްރޮޖެކްޓްތަކުގެ ތަފްޞީލް މަޢްލޫމާތު ޙިއްސާކުރައްވާފައެވެ.

މިގޮތުން، އެންމެ ބޮޑަށް ފާހަކުރެއްވި މައިގަނޑު އެއްކަމަކީ، ހަނިމާދޫ އެއަރޕޯޓ އިންޓަނޭޝަނަލް ކުރުމެވެ. މިކަމަށްޓަކައި ސަރުކާރުން ވަނީ 2.1 (ދޭއް ޕޮއިންޓް އެކެއް) ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވާފައިކަމުގައި ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް އިންޓަނޭޝަނަލް ކުރުމުގެ ޕްރޮޖެކްޓަކީ ސަރުކާރުން މާލެއިން ބޭރުގެ ރަށެއްގައި މިހާތަނަށް ހިންގަވާ އެންމެ ބިޔަ ޕްރޮޖެކްޓް. މި ޕްރޮޖެކްޓަށް ބޭނުންވާފައިސާ މިހާރު ހުރީ ހަމަޖެހިފައި. އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ އިރުމާތީ އޭޝިއާ އާއި ދެކުނު އޭޝިއާ ގުޅުވާލަދޭ މައިދޮރާއްޓަށް މިތަން ހެދުން. މީގެ ސަބަބުން މިސަރަޙައްދުގެ 41 ރަށަކަށް ފައިދާކުރާނެ. އެންމެ ފަހުކަމަކަށް ނޫނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަންބޯޑު ހަރެއް ނުކުރާނަން.

~ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް

ރައީސް އިތުރަށް ވިދާޅުވީ 2.46 ކިލީމީޓަރު ދިގު ރަންވޭއަކާއިއެކު އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތްދެވޭވަރުގެ ފެންވަރު ރަނގަޅު އާ ޓާމިނަލް އެއްވެސް މިޕްރޮޖެކްޓްގެ ތެރެއިން ހެދިގެންދާނެކަމަށެވެ. އަދި ހަމަ މިއާއިއެކު އަމާޒަކީ ހއ. އަތޮޅުގައި 8،000 ޓޫރިސްޓު އެނދު ތަރައްޤީކުރުންކަމަށެވެ.

ޓެގްސް: ވައިގެ ދަތުރުފަތުރު ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.