ޓީ-އެސް ލައިން ދޯނިން ވަނީ އިއްޔެ 57.152 ޓަނުގެ މަސްކިރައި ރިކޯޑުވެސް ހަދާފައި، އަދި އެއްއަހަރުތެރޭ 17 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްކިރުވާފައި.

ހަބަރު

ދޯންޏަކުން، މަހެއްހާ ދުވަސްތެރޭ 300 ޓަނުގެ މަސްބާނައިގެން 5 މިލިއަނަށް ވުރެގިނަ ރުފިޔާ ހޯދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ސެޕްޓެންބަރ 2022 , ބުރާސްފަތި 11:47 1   790

ރާއްޖޭގެ މަސްދޯންޏަކުން މިއީ މިހާތަނަށް އެންމެ ގިނައިން އެއްދުވަހެއްގައި މަސް ބޭނި ދުވަހެވެ. ގދ. މަޑަމެލީގައި ރަސްޖިސްޓްރީކޮށްފައިވާ ޓީއެސް ލައިން ދޯނިން ވަނީ ބުރާސްފަތި ދުވަހު މަސްކިރިއިރު، އެއްދުވަސް ތެރޭ އެންމެ ގިނައިން މަސްބޭނުމުގެ އާރިކޯޑެއް ހަދާފައެވެ.

އެދޯނިންވަނީ، 57،152 (ފަންސާސް ހަތް ހާސް އެއްސަތޭކަ ފަންސާސް ދެއް) ކިލޯގެ މަސް މަސް ބާނައިގެން 971،584ރ. (ނުވަ ލައްކަ ހަތްދިހަ އެއްހާސް ފައްސަތޭކަ އައްޑިހަ ހަތަރު) ރުފިޔާ ހޯދާފައެވެ.

މިފްކޯއިން ބުނީ، ޓީއެސް ލައިން ދޯނިން، އޯގަސްޓު މަހުން ފެށިގެން ފެށިގެން 29 ސެޕްޓެންބަރާއި ހަމައަށް 302.93 ޓަނު މަސް ކިރުވައި 5.07 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާކަމަށެވެ.

މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސްމެ. އެއީ 1095.805 ޓަނުގެ މަސް. އެއީ ގާތްގަނޑަކަށް 17 މިލިއަން ރުފިޔާގެ މަސް.

~ މިފްކޯގެ އޮފިޝަލު

ޓީއެސް ލައިން ދޯންޏަކީ، މަސްވެރިކަމުގައި މުޅިރާއްޖެއިން ވެސް ފާހަގަކޮށްލެވޭ އެއް ދޯންޏެވެ. މިދޯނިންވަނީ މީގެ މިއަހަރު ކުރީކޮޅު ރާއްޖޭގެ ދޯންޏެއްގައި ބެހެއްޓުނު އެންމެ ބޮޑު އައިސްޕްލާންޓް ބަހައްޓާފައެވެ. އެދޯނީގައި ޤާއިމުކޮށްފައިވާ، އާރުއެސްޑަބްލިއު، 129 ޓަނުގެ އައިސް ޕްލާންޓް މަސް ފިނިކޮށް ބެހެއްޓުމަށްޓަކައި ބައިގަޑިއިރުތެރޭ ފިނިކޮށްލުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

މިދުވަސްވަރަކީ، ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. ނަމަވެސް މޫސުމް އެހާރަނގަޅެއް ނޫނެވެ. ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ވެސް އަންނަނީ ދޭތެރެދޭތެރެއިން ނެރެމުންނެވެ.

އަދި މަސްކިރުވުމުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ސައުދީ ފަންޑުން ލޯނު ނަގައިގެން 5،500 (ފަސް ހާސް ފައްސަތޭކަ) އައްވުރެ ބޮޑު ސްޓޯރޭޖް ހެދުމުގެ މަސައްކަތްކުރަމުންނެވެ. މިމަޝްރޫޢު ނިމުމުން މަސްވެރިނަށް މަސް ކިރުމުގައި ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިލިޔުމާއި ގުޅޭ، ވީޑިއޯ:

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.