ޖަރުމަނަށް އުފަން، ޕޯޗުގީޒުގެ ވޯލްކަޕް 2018ގެ ތަރި ސެޑްރިކް އަށް ޓްރޭނިންގ ތެރެއިން އަނެއްކާވެސް އިތުރު އިންޖަރީވެއްޖެ

ކުޅިވަރު

އާސެނަލްގެ ޑިފެންޑަރު ސެޑްރިކް، އަނިޔާގެ ސަބަބުން ޓޮޓެންހަމް މެޗް ގެއްލޭނެ

އަލީ އަޒްޔަން - ޔޫރަޕް | 29 ސެޕްޓެންބަރ 2022 , ބުރާސްފަތި 15:20   304

ސެޑްރިކް ސޯރޭސް އަށް މިސީޒަނުގައި ގަނާސް (އާސެނަލް) އަށް އެންމެ މިނެޓަކުވެސް ކުޅެދެވިފައިނުވާއިރު، އަނެއްކާ ވެސް އިތުރު އާ އަނިޔާތަކެއް ލިބިފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ. އެހެންކަމުން ހޮނިހިރު ދުވަހު ޓޮޓެންހަމް އާއި އެކު ކުޅޭ މެޗުގައި ނުފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.

މީގެކުރިން ކުދި އަނިޔާތަކާއި އެކު ކުޅުމާއި ދުރުގައި ހުންނަންޖެހިފައިވާއިރު، މިހާރު މިލިބުނު އަނިޔާތަކާއިއެކު، އިތުރު 2 ހަފްތާވަންދެން އެނާއަށް ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.

އުތުރު ލަންޑަންގެ ކްލަބް އާސެނަލްއިން ވަނީ އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާންޖެހިފައެވެ. ޤަޠަރުގައި މިއަހަރު ފަހުކޮޅު އޮންނަ ވޯލްކަޕް މުބާރާތުގެ ކުރިން ބާކީ 6 ހަފްތާ އޮތްއިރު 13 މެޗެއް ކުޅެންޖެހިފައިވެއެވެ.

އާސެނަލް މިވަގުތު އޮތީ 18 ޕޮއިންޓާއިކު 7 މެޗު ކުޅެގެން ތާވަލުގެ އެންމެ ކުރީގައެވެ. އަދި ޓޮޓެންހަމް އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގާއިއެކު، 17 ޕޮއިންޓައިއެކު، ތާވަލުގެ ތިންވަނައިގައެވެ. އަދި ސީޓި ދެވަނައިގައި އޮތްއިރު ޕޮއިންޓްގެ ގޮތުން ޓޮޓެންހަމް އާއި އެއްވަރެވެ. ޔުނައިޓެޑް އޮތީ 12 ޕޮއިންޓާއި އެކު 6 މެޗު ކުޅެގެން 5 ވަނައިގައެވެ.

ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު، ރާއްޖެ ގަޑިން 16.30 ގައެވެ.

ޓެގްސް: ފުޓުބޯޅަ އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.