ޑެންމާކުގެ ޑިފެންސް މިނިސްޓްރީ އިން ޢާއްމުކޮށްފައިވާ ފޮޓޯއެއް، ވިލާތުން ތުހުމަތުކުރަނީ މިއީ ބަޔަކު ގަސްތުގައި ހިންގާފައިވާ ޖަރީމާއެއްކަމަށް

ވިޔަފާރި

ރަޝިއާއިން ވިލާތަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިންގައި ހަތަރުވަނަ ދިމާލަކުން ލީކުވާން ފަށައިފި

އަލީ އަޒްޔަން - ޔޫރަޕް | 29 ސެޕްޓެންބަރ 2022 , ބުރާސްފަތި 16:21   272

ރަޝިއާއިން ވިލާތުގެ އިއްތިހާދަށް ގޭސް ފޯރުކޮށްދެމުން އަންނަ ނޯޑްސްޓްރީމް ހޮޅީފައި އަނެއްކާވެސް ލީކެއް އުފެދިއްޖެކަމަށް ސްވިޑްންގެ ރަސްމީ ފަރާތްތަކާއި ޙަވާލާދީ ސްވިޑްން އިން ބުނެފިއެވެ. މިއީ ހަފްތާއެއްގެ ތެރޭގައި ރިޕޯޓްކުރެވުނު މިފަދަ 4 ވަނަ ޙާދިޘާއެވެ.

ޑެންމާކާއި ސްވީޑްން އިން މިހަފްތާގެ ކުރީކޮޅު ބުނެފައިވާގޮތުން ޕައިޕްލައިން 1 އަދި 2 އިން ލީކުވާން ފެށިއެވެ.

މިކަމާއިގުޅިގެން ނޭޓޯއިން ބުނެފައިވަނީ މިއީ ބަޔަކު ޤަސްތުގައި ހިންގާފައިވާ ޒިންމާދާރުކަންކުޑަ ހަމަލާއެއް ކަމަށެވެ. ރަޝިއާއިން ބުނީ އެމީހުންގެ އަމިއްލަ ޕައިޕްލައިންނަށް ގެއްލުމެއް ދީފައިނުވާކަމަށެވެ. އެފަދަ ވާހަކަތަކުން ބަރީޢަވަމުން އެގައުމުން ބުނީ އެފަދަ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ފުލޯކު އިލްޒާމްތަކެއް ކަމަށެވެ.

އިތުރަށް ރަޝިއާއިން ބުނީ ޙާދިޘާތައް ހިންގާފައިވަނީ، އެމެރިކާއިން ކޮންޓްރޯލްކުރަމުންއަންނަ ސަރަޙައްދުތަކުންކަމަށެވެ.

ޖަރުމަނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައިހުންނަވާ ސަފީރު މިގޭލް ބާޖާރ ބީބީސީ އާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނި، މިއީ ސަރުކާރެއްގެ ޙިއްޞާއެއް ނެތި ނުކުރެވޭނެ ކަމެއްކަމަށެވެ.

ޔޫރަޕްގެ އިއްތިހާދު، އީޔޫ އިން ތުހުމަތު ތަކުރާރުކޮށް ބުނެފައިވަނީ، އެ އިއްތިހާދުން ޔޫކްރޭނަށް އެހީ ފޯރުކޮށްދޭތީވެ، ރަޝިއާއިން ގޭސް ޕައިޕްލައިން ބިރުދެއްކުމަށްޓަކައި ހަތިޔާރަކަށް ބޭނުންކުރަން މަސައްކަތްކުރަމުންދާކަމަށެވެ.

ނޯޑް ސްޓްރީމް ޕައިޕްލައިން އަކީ 1200 ކިލޯ މީޓަރަށް ދިގުދެމިގެންދާ ޕައިޕްލައިންއެކެވެ. ޕައިޕްލައިން ރަޝިއާއިން ޖަރުމަނާއި ހަމަޔަށް ދަތުރުކުރެއެވެ.

ޓެގްސް: ޖަރުމަން ރަޝިއާ އީޔޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.