ގޫގުލްގެ ގޭމިން ޕްލެޓްފޯމް

ހަބަރު

ގޫގުލްގެ ގޭމިން ސާވިސް ސްޓޭޑިއާ ހުއްޓުމަކަށް

ދާނިޝް - އެމެރިކާ | 1 އޮކްޓޯބަރ 2022 , ހޮނިހިރު 09:19   301

ކަސްޓަމަރުންގެ ޑިމާންޑް ކުޑަވުމާއި ގުޅިގެން ލައުޑް ގޭމިން ޙިދުމަތް ސްޓޭޑިއާ، އުވާލަން ގޫގުލްއިން ނިންމައިފިކަން ހާމަކޮށްފިއެވެ.

ސްޓޭޑިއާ ތައާރަފްކުރިތާ މިހާެުރު ވެފައިވަނީ ތިން އަހަރާއި ކުޑަދުވަސްކޮޅެކެވެ.

ސްވޓޭޑިއާގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު ފިލް ހެރިސަން ފޮނުއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ ކޮންސިއުމަރ ގޭމިން ސާވިސް އަށް އުންމީދުކުރި ގޮތަށް ޔޫޒަރުންނާ އެކު ޓްރެކްޝަން ނުލިބޭ ކަމަށެވެ.

ގޫގުލް އިން ރާވާފައިވަނީ "ގޫގުލް ސްޓޯރު މެދުވެރިކޮށް ގަންނަ ހުރިހާ ސްޓޭޑިއާ ހާޑްވެއާ ގަތުމާއި، އަދި ސްޓޭޑިއާ ސްޓޯރު މެދުވެރިކޮށް ގަތް ހުރިހާ ގޭމް އަދި އެޑްއޮން ކޮންޓެންޓް ގަތުމަށް އަދި ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދިނުމަށް ކަމަށެވެ.

ގޫގުލް އިން 2019 ވަނަ އަހަރު ސްޓޭޑިއާ ތައާރަފްކުރިއިރު، މިއީ ގޭމިން މާކެޓަށް އިންވެސްޓްކުރާ ބައެއް ޓެކް ޖަޔަންޓްތަކުގެ ތެރެެއިން ހިމެނެއެވެ.

ވީޑިއޯ ގޭމްތަކުގެ ނެޓްފްލިކްސްގެ ގޮތުގައި އޭރު ބައެއް މީހުން ސިފަކުރި ސްޓޭޑިއާ އިން ގޫގުލްގެ ކްރޯމްކާސްޓް ސްޓްރީމިން ޑިވައިސް ބޭނުންކޮށްގެން ސްމާޓްފޯނާއި ވެބް ބްރައުޒާ އަދި އެހެނިހެން ގެޖެޓްތައް މެދުވެރިކޮށް ގޭމް ސްޓްރީމްކޮށް ކުޅެވޭނެ އެވެ. އެއީ ޖާގަ ނަގާ ހާޑްވެއާ ނެތި ކޮންސޯލް ފެންވަރުގެ ތަޖުރިބާއެއް ފޯރުކޮށްދިން އެއްޗެކެވެ.

ގޫގުލް އިން 2021 ވަނަ އަހަރުވެސް ބުނެފައި ވަނީ އެ ކުންފުނީގެ ސްޓޭޑިއާ ޕްލެޓްފޯމަށް ވީޑިއޯ ގޭމް ހެދުން ހުއްޓާލާނެ ކަމަށެވެ.

ގޫގުލްގެ މި ނިންމުމާއި އެކު އެހެން ބައެއް ޓެކް ކުންފުނިތަކަށް ވެސް ވަނީ އެމީހުންގެ ގޭމިން ސްޓްރެޓެޖީތަކާ މެދު އަލުން ވިސްނަން ޖެހިފަ އެވެ. އަދި މާކެޓް ދަށްވެ، ދުނިޔޭގެ ރިސެޝަން ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ދުވަސްވަރެއްގައި ގޫގުލް އާއި އެހެން ޓެކް ކުންފުނިތަކުން ވަޒީފާއަށް ނެގުމާއި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން އަލުން ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ.

ޓެގްސް: ގޫގްލް ގޭމް ކުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.