ރަޝިއާގެ ރައީސް (ވްލަޑިމިއަރ ޕުޓިން)

ދުނިޔެ

ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ބައެއް ކަމުގައި ކަނޑައަޅައިފި

ދާނިޝް - ޔޫރަޕް | 2 އޮކްޓޯބަރ 2022 , އާދީއްތަ 14:02   353

ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ކަމުގައިވާ ޑޮކެޓްސްކްއާއި ލުހާންސްކް އަދި ޚާރްސަންއާއި ޒަޕޮރީޜިޔާއަކީ ރަޝިޔާގެ ބައެއް ކަމުގައި ކަނޑައަޅައި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ސެޕްޓެންބަރު 30 ވަނަ ދުވަހު އެ ކަން ރަސްމީކޮށް އިޢުލާނު ކުރައްވާފިއެވެ.

މިި ސަރަޙައްދުތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ފެންނަ ނުފެންނަ ވޯޓުތަކެއް ނެގުމަށް ފަހުގައެވެ. ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ގާތްގަނޑަކަށް ޔޫކްރެއިނުގެ ބިމުގެ 15 އިންސައްތަ ބިމެވެ. މީގެއިތުރުން ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ދަނީ ނުސީދާގޮތެއްގައި ބުނަމުންނެވެ.

ޕުޓިންގެ މި އިއުލާނާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ އިތުރުން އ.ދ.އިން ވަނީ މިކަން އެއްވެސް ގޮތަކަށް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިތުރުން ކެނެޑާއިން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ. މިއާއި އެކު ރަޝިއާ އާއި އެމެރިކާގް ގުޅުމަށް މިވަނީ ކުރިނަށް ވުރެ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުންދާ އިރު އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ދާދި ފަހުން ދިން ނޫސްބަޔާނެއްގައި ވަނީ ރަޝިޔާއިން ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން ހަނގުރާމައިގެ ހާލަތަށް ގެންނަ ކޮންމެ ބަދަލަކަށް ވިލާތުގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާއިން ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމުގެ ނުރައްކާ އެބައޮތް ކަމަށާއި، ރަޝިއާއިން އެފަދަ ގޮތަކަށް އަމަލުކޮށްފި ނަމަ ރަޝިޔާއަށް އެކަމުގެ އަގު ހިތިވާނެ ކަމަށް ސަލިވަން ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިނުގައި ހަނގުރާމަ ފަށާފައި ވަނީ މިއަހަރުގެ ފެބުރުވަރީ 24ގައެވެ. މި ހަނގުރާމައާއި އެކު އެމެރިކާއިން ވަނީ ނޭޓޯގެ ޤައުމުތަކުގެ ދިފާޢީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ސިފައިންނާއި ހަތިޔާރު ވިލާތަށް ފޮނުވާފައެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.