އީލަން މަސްކް

ޓެކްނޯލޮޖީ

ޓެސްލާގެ ރޮބޮޓް "އޮޕްޓިމަސް" ދައްކާލައިފި

ދާނިޝް - ޔޫރަޕް | 2 އޮކްޓޯބަރ 2022 , އާދީއްތަ 09:19   275

ޓެސްލާގެ ކުންފުނީގެ ހިއުމަނޯއިޑް ރޮބޮޓް 'އޮޕްޓިމަސް' ގެ ޕްރޮޓޯޓައިޕް ދައްކާލައިފިއެވެ.

ޓެސްލާއިން ބުނި ގޮތުގައި ފެބްރުއަރީ މަހު އުފެއްދި މި ރޮބޮޓް ޓެސްޓް ޕްރޮޑަކްޝަން ސްޓޭޝަނެއްގައި ގަސްތަކަށް ފެން ދިނުމާއި ފޮށި އުފުލުމާއި މެޓަލް ބާ އުފުލުން ފަދަ އާދައިގެ މަސައްކަތްތަކެއް ކުރާ ވީޑިއޯއެއްވެސް ދައްކާލާފައެވެ.

ޓެސްލާގެ ސީއީއޯ އެލޮން މާސްކް މި ޝޯކޭސްގައި ވާހަަކަދައްކަމުން ބުނި ގޮތުގައި މި ރޮބޮޓް މިލިއަނުން އުފައްދައި 20،000 އެމެރިކާ ޑޮލަރު އަށް ވުރެ ކުޑަ އަގެއްގައި ވިއްކާލެވޭނެ ކަމަށް ލަފާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޓެސްލާއިން ރޮބޮޓަށް އޯޑަރު ނަގަން ތައްޔާރުވާނެ ކަަމަށެވެ. އަދި މި އުފެއްދުމަށް ކުރިއަށް އޮތް 2 ގަރުނުގެ ތެރޭގައި އިތުރު އިތުރު އިންގިލާބީ ބަދަލު ގެނެވިދާނުގެ ތަސައްވަރު އޭނާ ވަނީ ސިފަކޮށްދީފައެވެ.

އޮޕްޓިމަސްގެ ބަރުދަނުގައި 73 ކިލޯ ހުންނައިރު، އަދި މި ރޮބޮޓަށް އަމިއްލައަށް ހިނގުމުގެ ބާރެއް ލިބިފައެއް ނެތެވެ. ނަމަވެސް މަސްކް ބުނި ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ރޮބޮޓަށް ގެނެވޭ އިސްލާހުތަކާއި އެކު މި ރޮބޮޓަށް އަމިއްލައަށް ހިނގުމުގެ ގާބިލުކަންވެސް ލިބިގެން ދާނެއެވެ. ހަމައެހެންމެ ވަގުތާއި އިތުރު ކުރިއެރުން ތަކާއި އެކު އަމިއްލައަށް މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ވެސް މި ރޮބޮޓަށް ލިބިގެންދާނެ ކަމުގައެވެ.

ޓެސްލާގެ އަމާޒަކީ އެތައް މިލިއަނުން މި ރޮބޮޓް އުފެއްދުން ކަމުގައި ހާމަކުރަމުން މަސްކް ވަނީ މި ރޮބޮޓަކީ ވަރަށް އުއްމީދީ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޓެގްސް: އިލެކްޓްރިކް ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.