މާލޭގެ ބާޒާރުމަތީގެ މަންޒަރެއް

ވިޔަފާރި

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 60،000ރ. ގްރާންޓްގެ ގޮތުގައިދޭގޮތަށް ފުރުޞަތު ހުޅުވާލައިފި

ދާނިޝް - އައްޑޫ އަތޮޅު | 4 އޮކްޓޯބަރ 2022 , އަންގާރަ 10:33   317

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ ތެރެއިން ކޯވިޑްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު އާމްދަނީ އަށް ކޮށްފައިވާ ފަރާތްތަކާއި އަމާޒުކޮށްގެން ހިންގާ މާލީ އެހީގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކު ގިނަ ވިޔަފާރިތަކަށް ވަނީ މާލީ ބޮޑެތި ޖޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށެެވެ.

މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކާއި ގުޅިގެން ހިންގަމުންދާ "ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.

މާލީ އެހީގެ ޕްރޮގްރާމަށް ހުޅުވާލެވިފައިވާ ދާއިރާތައް ބަލައި އިރު މި ދާއިރާ ތަކުގެ ތެރޭގައި ހިމެނެނީ:

• ބިއުޓީ އަދި މޭކަޕް ކުރުން

• ކާބޯތަކެތި އުފެއްދުން

• ކުޅިވަރު އަދި ފިޓްނަސް

• އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

• އަތްތެރި މަސައްކަތް

• ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ

• ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް

• ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފަައެވެ. އަދި މި ފުރުސަތުތަކުގެ 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަންހެނުންނަށެވެ.

މި އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް 60,000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނިމިކްސް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހަަމައެހެންމެ މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހެއެވެ.

ޓެގްސް: ސަރުކާރުގެ މާލީ އެހީތެރިކަމުގެ ސްކީމްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.