ސިޓީއާއި ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން

ކުޅިވަރު

ފަރަގު ބޮޑު ނަތީޖާއަކުން ސިޓީ އަތުން ޔުނައިޓެޑަށް ހިތި ބަލިއެއް

ދާނިޝް - ޔޫރަޕް | 3 އޮކްޓޯބަރ 2022 , ހޯމަ 10:24   341

ފަރަގު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ވާދަކުރި މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހިތި ބަލިއެއް ލިބިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗް ސިޓީއިން ކާމިޔާބުކުރީ 3-6 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރުމާއި އެކު ތަފާތު މޮޅު ކުޅުމެއް ސިޓީއިން ދެއްކި އިރު،ސިޓީގެ ކުޅުންތެރިން އާލިން ބްރައުޓް ހާލަންޑާއި ފިލް ފޯޑެން ވަނީ ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ހަތަރު ގޯލުގެ ލީޑަކާއި އެކުގައެވެ. ސިޓީގެ ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކުރީ ފޯޑެން އެވެ. އަދި ސިޓީގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑުގެ އިތުރުން ހަތަރުވަނަ ލަނޑުވެސް ހާލަންޑް ކާމިޔާބުކުރީ ކެވިން ޑި ބްރޭނާގެ އެހީތެރިކަމާ އެކު އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވެރާން އަށް އަނިޔާވެގެން ބަދަލުކުރިކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ބަދަލުގައި ވިކްޓަ ލިންޑެލޯފް ވަނީ ކުޅެން އަރުވައިފައެވެ. ޔުނައިޓެޑުން ގެނައި އިތުރު ބަދަލުތަކަށް ބަލައި އިރު އެ ޓީމުން ދެވަނަ ހާފުގެ ކުޅުން ފެށީ ޓައިރެލް މަލާސިއާގެ ބަދަލުގައި ލޫކް ޝޯ ކުޅެން އަރުވައިގެންނެވެ.

ޔުނައިޓެޑުން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮންދިނީ އެންތަނީ ސަންތޯސް އެވެ. ނަމަވެސް މި ލަނޑު ޖެހިތަނާއި މާގިނަ އިރުތަކެއް ނުވަނީސް ސިޓީއިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅައު ކޮށްފައެވެ. ސިޓީގެ ފަސް ވަނަ ލަނޑު ގޮމޭޒްގެ އެހީތެރިކަމާ އެކު ޖަހައި ހާލަންޑް ހެޓްރިކް ފުރިހަމަ ކުރިިއެވެ. އަދި ހާލަންޑް ދިން ބޯޅައަކުން ފޯޑެން ވެސް މާގިނަ ވަގުތެއް ނުވަނީސް ހެޓްރިކް ފުރިހަމަކުރި އެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ދެވަނަ ގޯލާއި ތިން ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

މި މެޗުގެ ނަތީޖާ އާއި އެކު މިއީ ހާލަންޑް ޕްރިމިއާ ލީގުގައި ސިޓީގެ ދަނޑުގައި ޖެހިޖެހިގެން ހެޓްރިކް ހެދި ތިންވަނަ މެޗެވެ. ލީގުގައި ކުޅުނު ފުރަތަމަ 8 މެޗުގައި ހާލަންޑް ވަނީ 14 ލަނޑު ޖަހައި ހާލަންޑް އަކީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި ކާމިޔާބީ އާއި އެކު ސިޓީ އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ 21 ޕޮއިންޓާއި އެކު އާސެނަލެވެ. އަދި 12 ޕޮއިންޓާ އެކު ޔުނައިޓެޑް މިހާރު ވަނީ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.