މިމުބާރާތުގައި ޖުމްލަ 9 ސްކޫލަކުން ބައިވެރިވެފައިވޭ

ހަބަރު

އެމްއޭސީއެލް އައްޑޫސިޓީ އިންޓަރސްކޫލް ސްވިމިން މުބާރާތް ފެށިއްޖެ

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 4 އޮކްޓޯބަރ 2022 , އަންގާރަ 21:44   595

އެމްއޭސީއެލް 6 ވަނަ އައްޑޫ ސިޓީ އިންޓަރސްކޫލް ފެތުމުގެ މުބާރާތް އަދި 5 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް އައްޑޫ ސިޓީގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށް ދެއެވެ.

މިއީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ މިމަހުގެ 3 އިން 8 އަށެވެ. އެހެންކަމުން މުބާރާތް ނިމޭނީ ހޮނިހިރުދުވަހުއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސްމިވިމިންގ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝަރީފު، އައްޑޫ ގައި ހުންނަވައި ވިދާޅުވީ، މިމުބާރާތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމުގެ ރޫޙު ދިރުވައި، ވާދަވެރިވެރި މާޙައުލެއްގެތެރެއިން ފެތުރުންތެރިން އުފެއްދުންކަމަށެވެ.

މި މުބާރާތުގައި އައްޑޫ ސިޓީގެ 6 ސްކޫލެއްގެ އިތުރުން ގދ. އަތޮޅުގެ 3 ސްކޫލެއް ބައިވެރިވެއެވެ. އައްޑޫ ސިޓީ އިން ބައިވެރިވި ސްކޫލްތަކަކީ، ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އައްޑޫ ހައިސްކޫލް، ނޫރާނީ ސްކޫލް އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ. ގ.ދ. އަތޮޅުން ބައިވެރިވީ ގ.ދ. އަތޮޅު މަދުރަސާ، އަބޫބަކުރު ސްކޫލް، އަދި ތިނަދޫ ސްކޫލެވެ.

މިހާތަނަށް އައިއިރު، މިއަދުގެ ނިޔަލަށް ކިޑްސް ސްބިމިންގ ފެސްޓިވަލްގެ ބައިގެ އިވެންޓްތައް ވަނީ ނިންމާފައެވެ. މާދަމާއިން ފެށިގެން ދެން ކުރިއަށްދާނީ ފެތުމުގެ މުބާރާތުގެ ޙަރަކާތްތަކެވެ. ފެސްޓިވަލުގެ ބައިން ވަކި ފެތުންތެރިންނަށް ވަނަ ނުދޭނެއެވެ. ވަނަ ދެވިގެންދާނީ ސްކޫލްތަކަށެވެ. ނަމަވެސް ފެތުމުގެ މުބާރާތުގެ ބައިން ވަކި ފެތުރިންނަށް ވަނަ ދެވިގެންދާނެކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢްލޫމާތު ދެއްވައެވެ.

މިއީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މެއިން ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވާ މުބާރާތެކެވެ.

ވީޑިއޯ ހައިލައިޓްސް

މިހާތަނަށް ބޭއްވުނު ބައެއް އިވެންޓްތަކުން ކުރި ހޯދި ބައެއް ދަރިވަރުން

  • އަލީ އަލްޔަން 59.32ސ، ހިތަދޫ ސްކޫލް، ފިރިހެން 25މ ބެކް ސްޓްރޯކް
  • މަރިޔަމް ޒީވާ އަލީ ސާމިއު 59.13ސ، ޝަރަފުއްދީން ސްކޫލް، އަންހެން 25މ ބެކްސްޓްރޯކް
  • އާމިނަތު މާޝަލް މޫސާ އުގޭލް 1.00.65ސ. ބިލަބޮންގ ހައި، 25މ ކުޑަކުދިންގެ ބެކްސްޓްރޯކް
  • މުހައްމަދު ޝާމިލް އަހުމަދު 37.54ސ، ނޫރާނީ ސްކޫލް، 25މ ކުޑަކުދިންގެ ބެކްސްޓްރޯކް
  • މަރިޔަމް ނައުފާ ނާފިޒް، ޝަރަފުއްދީން ސްކޫލް
  • އައިޝަތު އުލްޔާ އުބެއިދުއްﷲ، ހިތަދޫ ސްކޫލް
  • ފާތިމަތު ޒާޔާ އަހުމަދު އަގީލް، ހިތަދޫ ސްކޫލް
  • އަދިއްޔު ސަލްމާން ވަސީމް، ހިތަދޫ ސްކޫލް
  • އަބްދުއްﷲ ތާލިބް، ނޫރާނީ ސްކޫލް
  • މުޙައްމަދު އަލްޔަން ފައިސަލް، ބިލަބޮންގ ހައި
  • މަރިޔަމް ނައުފާ ނާފިޒް، ޝަރަފުއްދީން ސްކޫލް
ޓެގްސް: އައްޑޫ އައްޑޫގައި ބޭއްވޭ އިވެންޓްތައް ފެތުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.