ރޭއްޖޭގައި އޮންނަނީ ޑޮލަރު ވިއްކޭނެ އެންމެ ދަށްއަގާއި މަތީއަގު މަޒުކަޒީ ބޭންކުން ކަނޑައަޅާގޮތަށް.

ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދުވަހަކުނުދާހާ ދަށަށް!

ދާނިޝް - އެމެރިކާ | 5 އޮކްޓޯބަރ 2022 , ބުދަ 10:46   374

ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްވެ އެހެން ފައިސާތަކުގެ އަގު މަތިވާން ފަށައިފި އެވެ.

ޑޮލަަރުގެ އަގު ދަށް ވާން ފެށާފައި މިވަނީ ބައެއް ގައުމުތަކުގައި ޑޮލަރުގެ އިންޓަރެސްޓް ރޭޓްތައް މަޑުޖައްސާލުމާ ގުޅިގެން ކަމަށް ކަމާބެހޭ މާހިރުން ދެކިވަޑައިގަންނަވައެވެ. އެމެރިކާގައި ހަލުވިކަމާއި އެކު މަތިވަމުންދާ އަންނަ އިންފްލޭޝަން [ތަކެތީގެ އަގު އުފުލުން] އާއި ދެކޮޅަށް، އެ ގައުމުގެ މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓްތައް މައްޗަށް ޖައްސުމާއި އެކު އެޅި އެހެން ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގިނަ ފައިސާތަކެއްގެ އަގު މީގެ ކުރިން ދިޔައީ ޑޮލަރާ އަޅާ ބަލާއިރު ދަށްވަމުންނެވެ.

އެގޮތުން މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ސްޓާލިން ޕައުންޑެއް ވަނީ 1.03 ޑޮލަރަށެވެ. މިއީ ތާރީހުގެ ތެރެއިންވެސް ޕައުންޑްގެ އަގު އެންމެ ދަށްވި ފަހަރު ކަމަށް ވާއިރު އެ އަގު ދަށްވެފައި ވަނީ އަރަމުން އައި ޑޮލަރުގެ އަގާއެކު، އެ ގައުމުގެ އާ ސަރުކާރުން ޓެކްސް ކަނޑާލަން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 45 ޕަސެންޓް އިންކަމް ޓެކްސް ކަނޑާލަން އޭރު ނިންމި ނިންމުން މިހާރު އުވާލާފައެވެ. އެއާއެކު ޕައުންޑުގެ އަގު މިހާރު ވަނީ 1.13 ޑޮލަރަށް އުފުލިފަ އެވެ.

ޕައުންޑްގެ އިތުރުން 0.95 ޑޮލަރަށް ވެއްޓުނު ޔޫރޯގެ އަގުވެސް މިހާރު ވަނީ 0.99 ޑޮލަރަށް އުފުލިފައެވެ.

ދުނިޔޭގެ ބާޒާރުގައި ފާހަގަކޮށްލެވޭ ޗައިނާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި ޖަޕާން ފަދަ ގައުމުތަކުގެ ފައިސާ ވެސް އަންނަނީ ޑޮލަރާ އަޅާބަލާއިރު މިހާރު އުފުލެމުންނެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ބޭރުފައިސާގެ ބާޒާރަށް ވެސް ބަދަލުގެންނަން މަރުކަޒީ ބޭންކަށް މަޖުބޫރުވެގެން ދިއުން އެކަށީގެންވާކަމަށް ކަމާއިގުޅޭ ތަޖުރިބާކާރުން ބުނެފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އުފުލުމާއި ގުޅިގެން ވެސް ބޮޑެތި ޤައުމުތަކުގެ އިޤްތިޞާދަށްވެސް ބޮޑެތި ލޮޅުން އަރައި، ދުނިޔެ ރިސެޝަނާކާއި ދިމާލަށް މިހާރުވެސް ދަނީ ދަތުރުކުރަމުންނެވެ.

ޓެގްސް: ބޭރުފައިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.