އިޓަލީގެ އިންޓަމިލާން އާއީ ސްޕޭނުގެ ބާސެލޯނާ ކުޅުނު މެޗުގެތެރެއިން

ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ބާސާ ބަލިކޮށް އިންޓަރ އިން ޓޭބަލްގެ ކުރިއަށް ޖެހިލައިފި

އަލީ އަޒްޔަން - ދުނިޔެ | 5 އޮކްޓޯބަރ 2022 , ބުދަ 11:49   264

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާން (އިންޓަރ) އާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި، މެޗުގައި ޖެހި ހަމައެކަނި ގޯލު އިންޓަރ އިން ޖަހައި ގްރޫޕް-ސީ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މިގްރޫޕުގެ އެއްވަނައިގައި އޮތީ ޖަރުމަންވިލާތުގެ ބަޔާން މިއުނިކެވެ. އަދި މިމެޗާއިއެކު ބާސެލޯނާ (ބާސާ) ތާވަލުގެ ތިންވަނައަށް ވެއްޓުނީއެވެ.

މިމެޗުގައި ގިނަ ވަޤުތު ބޯޅަ ހިފަހައްޓައި ގިނައިން ކުޅުނީ ބާސާއިންނެވެ. އިންޓަރގެ ތިން ކުޅުންތެރިއަށް ރީނދޫ ކާޑު ދައްކާފައިވާއިރު ބާސާގެ ދެ ކުޅުންތެރިއަކަށް ރީނދޫކާޑު ވަނީ ދައްކާފައެވެ.

މެމުގައި ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ތުރުކީވިލާތުގެ ކުޅުންތެރިޔާ ހަކާން ޗައުހަނޫ (28އ) އެވެ. މިއީ ޗެމްޕިއަންސް ލީގު މެޗެއްގައި އޭނާޖެހި ފުރަތަމަ ގޯލެވެ. މިގޯލް ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރުގަޑީގެ 2 ވަނަ މިނެޓުގައެވެ.

މެޗުގައި ބާސާގެ ޕެޑްރީ ވެސް ގޯލެއް ޖެހިއެވެ. އެކަމަކު ވީއޭއާރ ދެއްކިގޮތުން އެހެން ކުޅުންތެރިއަކު ބޯޅައިގައި އަތްލާފައިވާތީ، އެއީ ގޯލެއްގެގޮތުގައި ބަލައިނުގަނެވުނެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގައި ބާސާ ކުޅުނު ތިން މެޗުން މުޅުވެވުނީ އެންމެ މެޗަކުންނެވެ. އިންޓަރ އިން ވެސް ތިން މެޗު ކުޅެފައިވާއިރު މޮޅުވެވުނީ ދެމެޗުންނެވެ.

މެޗުގެ ހައިލައިޓްސް :

ޓެގްސް: ފުޓުބޯޅަ ޔޫއެފާ ޗެމްޕިއަންސް ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.