ރަޝިއާގެ އަސްކަރިއްޔާ

ދުނިޔެ

ރަޝިއާގެ އަސްކަރިއްޔާއަށް އިތުރު 200،00 ސިފައިން

ދާނިޝް - ޔޫރަޕް | 6 އޮކްޓޯބަރ 2022 , ބުރާސްފަތި 10:14   369

ރަޝިޔާގެ އަސްކަރިއްޔާ އަށް 200,000 އަށްވުރެ ގިނަ މީހުން އަލަށް ގުޅިފައިވާ ކަމުގައި މީޑިއާ ތަކުން ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ޕުޓިން ވަނީ ރަޝިއާގެ އަސްކަރިއްޔާއާ އިތުރު 300,000 މީހުން ގުޅުމުގެ ފުރުޞަތު ހުޅުވައިލައި، އެ ކަމަށް ގޮވައިލައްވާފައެވެ.

ރަޝިއާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަސްކަރިއްޔާއަށް އިތުރު މީހުން ގުޅުނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ގޮވައިލެއްވުމަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ޕުޓިންގެ މި ގޮވައިލެއްވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ކަމާ ދެކޮޅަށް ވެސް ނުކުމެފައެވެ. އަދި އެ ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ބޮޑެތި މުޒާހަރާތަކެއްބާވެސް ވަނީ އްވާފައެވެ. އަދި، އިތުރު ބަޔަކު ވަނީ ޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަވެސް ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ދިގު ދެމިގެން ގޮސްފައިވާއިރު ހަނގުރާމާގެ ކުރީ ސަފަށް އިތުރު ސިފައިން ފޮނުވުމަށް ރަޝިއާއިން ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުގައި މިއީ ޔޫކްރެއިނުގެ ސިފައިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބައެއް ސަރަހައްދުތައް މިނިވަން ކުރަމުން އަންނާތީ އެޅި ފިޔަވަޅެކެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.