އޮކްޓޯބަރު މަހު މިހާތަނަށް ދެމީހަކު ނިޔާވެފައިވޭ

ހަބަރު

ހަލުވިކަމާއި އެކު ޑެންގޫބަލި ފެތުރެނީ، ސަމާލުވޭ!

ދާނިޝް - އައްޑޫ އަތޮޅު | 6 އޮކްޓޯބަރ 2022 , ބުރާސްފަތި 10:07   272

މިއަހަރުގެ މިހާތަނަށް ޑެންގޫ ފެތުރެމުންދާ މިންވަރު މިދިޔަ އަހަރާއި ބަލައިއިރު ވަރަށް ބޮޑަށްވެސް އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޑެންގޫ ހުމަކީ މަދިރީގެ ޒަރީޢާ ފެތުރޭ، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ފުރާނައަށް ވެސް ނުރަކާވެދާނެ ބައްޔެކެވެ. މިބަލި ޖެހޭ މީހުންގެ ބްލަޑް ޕްރެޝަރު ދަށްވެ ހަށިގަނޑުގެ ގުނަވަންތަކުން ލޭފޭބުމަށް މެދުވެރިވެއެވެ. އަދި ގުނަވަންތައް ފެއިލްކޮށްލުމަށް ވެސް މިބަލި މަސައްކަތްކުރެއެވެ.

އެޗްޕީއޭ އިން މައުލޫމާތު ދޭގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަައި ނުވަ މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރިއިރު ސެޕްޓެމްބަރުގައި އެ ބަލި ޖެހުނީ އަށް މީހަކަށެވެ. އެކަމަކު އެޗްޕީއޭ އިން ބުނި ގޮތުގައި މިއަހަރުގެ އޮގަސްޓު މަހުގައި 268 މީހަކަށް އަދި ސެޕްޓެމްބަރު މަހު 229 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ.

މިއާއިއެކު މޫސުމީ ވިއްސާރައާއި އެކު މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ޑެންގޫގެ އިތުރުން އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް ވަނީ އިތުރުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގައި 12000-18000 އާ ދެމެދުގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅޭއިރު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ އަދަދު 25،713 އަށް ވަނީ އަރައިފަ އެވެެ. އަދި ސެޕްޓެމްބަރު މަހު 33،584 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިބަލީގައި ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރަކަށް މީހުން ރާއްޖޭގައި މަރުވެއެވެ. 2015 ވަނަ އަހަރު މިބަލީގައި 8 މީހަކު މަރުވެފައިވެއެވެ.

ޑެންގީހުން ޖެހިގެން މިހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ކުޑަކުއްޖަކު ނިޔާވެފައިވާއިރު، އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަހު 19 އަހަރުގެ ޒުވާނަކު ވެސް ނިޔާވެފައިވެއެވެ.

މިބަލިން ރައްކާތެރިވެ ސަލާމަތްވުމަށްޓަކައި މަދިއާލާވުން މަދުކުރަން މަސައްކަތްކޮށް، މަދިރި ލޯޝަންފަދަ ބާވަތްތައް ބޭނުންކުރަން މަސައްކަތްކުރަން ކަމާއިގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ޓެގްސް: ސިއްޙަތު ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.