މިމަސައްކަތް 4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ޙަވާލުކުރެވުނީ 90 ދުވަސްތެރޭގައި ނިންމުމަށް

ހަބަރު

ހިތަދޫ ފްލެޓްތަކުގެ ރޭލިން މަރާމާތުކުރަން އެމްޓީސީއާއި ޙަވާލުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޮކްޓޯބަރ 2022 , ހުކުރު 14:59 1   711

އައްޑޫ ސިޓީ ހިތަދޫ މާމެންދޫ ސަރަޙައްދުގައި ހެދިފައިވާ 264 ފްލެޓްގެ ބެލްކަނީތަކުގައި ހުރި ރެއިލިންގ ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން، ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވަނިކޮށް، މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް، މިފްލެޓްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ, މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އައްޑޫސިޓީ ކައުންސިލްގެ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ވިދާޅުވީ، ގިނަ ދުވަސްތަކެއްވަންދެން މިކަމާއި ގުޅިގެން މިނިސްޓްރީއާއި އެކު ކުރެވުނު މަޝްވަރާތަކާއި މަސައްކަތްތަކަށް ފަހު މިހާރު މައްސަލައަށް ޙައްލު ހޯދިފައިވާކަމަށެވެ.

މިނިސްޓްރީގެ ފަރާތުން 3 ފަހަރަށް މިމަސައްކަތްކުރާނެ ބަޔަކު ހޯދަން އިޢްލާންކޮށްފައިވޭ. ނަމަވެސް އެކަމަކަށް ބަޔަކު ކުރިމަތި ނުލާތީވެ ކުރިއަށް ނުގެންދެވި އޮތީ. މިނިސްޓަރާއި އެމްޓީސީސީ އާއިއެކު އިއްޔެ އަޅުގަނޑުމެން ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު މިވަނީ އެއްބަސްވުމުގައި ސޮއިވެސްކޮށްފައި. އެހެންވީމާ ދެން އޮތީ ރަސްމީކޮށް މަސައްކަތް ފެށުން. މަސައްކަތަކީ 4 މިލިއަން ރުފިޔާގެ މަސައްކަތެއް. ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު މަސްތެރޭގައި މަސައްކަތް ނިންމިދާނެކަމަށް އަޅުގަނޑުމެން އުއްމީދު މިކުރަނީ.

މިނިސްޓަރު ވަނީ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އައްސަވައި ޙައްލުހޯއްދަވައިދެއްވާފައި. ކަމުގެ މުހިއްމުކަމަށް ބައްލަވައި ވަގުތުން ފިޔަވަޅުތައް އަޅުއްވާފައި މިވަނީ. އެހެންކަމުން އަޅުގަނޑު ބޭނުން މިނިސްޓަރަށް ޚާއްސަ ޝުކުރެއް އަދާކުރަން.

~ އާމިނަތު އަދާލާ، އައްޑޫ ސިޓީގެ ކައުންސިލް މެމްބަރު

އަދާލާ އިތުރަށް ވިދާޅުވީ، ފްލެޓްތަކުގެ ބެލްކަނީތަކުގައި ހުރި ރެއިލިން އާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިކަމަށާއި، މީހަކަށް ގެއްލުމެއް ލިބުމުގެ ކުރިން މިކަމަށް ހައްލުހޯދިގެންދާތީ އުފާކުރައްވާކަމަށެވެ.

މިފްލެޓްތަކުގެ ބެލެހެންޓުން ކައުންސިލްގެ ދަށުގައި އޮތަސް މަރާތުކުރުމާއި ޚިދުމަތްތައް ފޯރުކޮށްދިނުން އޮންނަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މިގޮތުން މިނިސްޓްރީގެ ހުއްދަ އާއިއެކު މިހާރު ލީކުތަކުގެ މައްސަލައަށް ވެސް ހައްލުހޯދައިދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

މިލިޔުމާއި ގުޅޭ ވީޑިއޯ ފުޓޭޖް :

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.