ޕީއެސްޖީގެ ތަރި ކީލިއާން އެމްބާޕޭ

ކުޅިވަރު

ރޮނާލްޑޯ އާއި މެސީ ވައްޓާލައި، އެމްބާޕޭ އެންމެ މުއްސަނދި ކުޅުންތެރި ލިސްޓުގެ ކުރިއަށް

އަލީ އަޒްޔަން - ޔޫރަޕް | 8 އޮކްޓޯބަރ 2022 , ހޮނިހިރު 09:10   233

ފަރަންސޭސި ވިލާތުގެ ފުޓުބޯޅަތަރި ކީލިއާން އެމްބާޕޭ، ޢާމްދަނީގެ ގޮތުން އެންމެ މުއްސަނދި ކުޅުތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފިކަމަށް ފޯބްސްގެ އެންމެ ޢާމްދަނީ ބޮޑު ކުޅުންތެރިންގެ ލިސްޓުން ދައްކައިފިއެވެ.

ފާއިތުވެދިޔަ ނުވަ އަހަރުވެސް މިރެކޯޑް ދަމަހައްޓާފައިވަނީ އާޖެންޓީނާގެ ފޯވާޑް ލިއަނެއް މެސީ، ނޫނީ ޕޯޗުގަަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ދެމީހުންކުރެ އެކެކެވެ.

އެންމެ 23 އަހަރުގެ ފަރަންސޭސި ލީގުގަށް ކުޅެމުންއަންނަ އެމްބާޕޭ މިސީޒަނުގައި 128 މިލިއަން ޑޮލަރު ހޯދާނެކަމަށް ރިޕީޓުތައް ބުނެއެވެ. ހަމަ އެޓީމުގައި ހިމެނޭ މެސީ އޮތީ 120 މިލިއަން ޑޮލަރާއިއެކު ދެވަނައިގައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑު ރޮނާލްޑޯ އޮތީ 100 މިލިއަން ޑޮލަރާއިއެކު ތިންވަނައިގައެވެ.

ހަތަރުވަނަ އަދި ފަސް ވަނައިގައި އޮތީ 87 މިލިއަން ޑޮލަރާއިއެކު ބްރެޒިލްގެ ސްޓްރައިކަރު ނޭމާ އާއި ލިވަރޕޫލްގެ ފޯވާޑު މުޙައްމަދު ޞަލާޙެވެ. ސަލާޙަށް ލިބެނީ 53 މިލިއަން ޕައުންޑެވެ.

މޮނާކޯ އިން ޕީއެސްޖީއަށް ލޯނެއްގެ ގޮތުގައި ބަދަލުވި އެމްބާޕޭ ވަނީ އެޓީމަށް 11 ތައްޓެއް މިހާތަނަށް ކާމިޔާބުކޮށްދީފައެވެ. އޭގެތެރޭގައި ހަތަރު ލީގުތަށި ވެސް ހިމެނެއެވެ.

ޓެގްސް: ފުޓުބޯޅަ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.