ސްރީލަންކާގެ މަންޒަރެއް

ދުނިޔެ

ރާޖަޕަކްސަގެ ސަރުކާރު ތަހުގީގު ކުރުމަށް ސްރީލަންކާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި

ދާނިޝް - ލަންކާ | 8 އޮކްޓޯބަރ 2022 , ހޮނިހިރު 12:03   356

ސްރީލަންކާގެ އިޤްތިސާދީ ހާލަތު މިއިން ޒަމާނަކުވެސް ނުވާވަރަށް އިނދެޖެހިފައިވާ އިރު މިކަމުގައި ބައެއްގެ އިހުމާލުވުން އޮތްތޯ ބެލުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ އާއި އަދި އިތުރު ތިން ފަރާތަކުން ސްރީލަންކާގެ ސްޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ޕެޓިޝަންގެ މައްސަލަ ބެލުމަށް ގުޅުން ހުރި އިދާރާތަކަށް އަންގައި އެ ގައުމުގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ސްރީ ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވި ދަތި ހާލަތްތާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރި މީހުން ވަނީ ދައުލަތުގެ ރަސްމީ އިދާރާތަށް ހިސޯރުކޮށް ހިންގި ހަމަނުޖެހުން ތަކުގައި އޭރު އެ ގައުމުގެ ބޮޑޫވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން ދުރުކޮށްފައެވެ.

އެއަށްފަހު ގައުމުގެ ރައްޔިތުންގެ ހަމަނުޖެހުންތަކާއި ގުޅިގެން ގޮޓާބެ ރާޖަޕަކްސައަށް ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުގައި ގައުމު ދޫކުރައްވައި އޭނާ ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ލަންކާގެ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ކުރީގެ ރައީސް ގޮޓާބެ ރާޖަޕްކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ބަސިލް ރާޖަޕަކްސަގެ މައްސަލަތައް ތަހުގީގުކުރެވިގެން ދާނެއެވެ. މިގޮތުން އެ ސަރުކާރުން ދައުލަތުގެ މާލިއްޔަތު ބެލެހެއްޓި ގޮތާއި ހޭދަކުރުމުގައި ގެންގުޅުނު ސިޔާސަތު ތަހުގީގުކޮށް އެއަށް ރިއާޔަތްކޮށް އޮޑިޓްކުރުރުމަށް ސްޕްރީން ކޯޓުން ވަނީ ދެމަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ސްރީލަންކާގެ މީޑިއާ ތަކުން މައުލޫމާތު ދޭގޮތުގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާއިން ހުށަހެޅި މައްސަލާގައި މަރުކަޒީ ބޭންކުގެ ކުރީގެ ދެ ގަވަރުނަރުން ވެސް ތަހުގީގުކުރަން ސްޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.