ލިއޮނެލް މެސީ

ކުޅިވަރު

ގަތަރު ވޯލްޑް ކަޕަކީ އަހަރެންގެ ފަހު ވޯލްޑް ކަޕް- މެސީ

ދާނިޝް - ޔޫރަޕް | 10 އޮކްޓޯބަރ 2022 , ހޯމަ 10:05   208

ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ވެގެންދާނީ އޭނާގެއެންމެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ދުނިޔޭގައި އިފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 35 އަހަރުގެ މެސީ ވަނީ މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ ތަމްސީލްކޮށްދީ، ވާރލްޑްގައި 19 މެޗް މިހާތަނަށް ކުޅެ 6 ލަނޑު ޖަހާފައެވެ.

މެސީ ބުނި ގޮތުގައި އާޖެންޓީނާ ޤައުމީ ޓީމްގެ ތާރީހަށް ބަލާއިރު އެޓީމަކީ ކޮންމެ ފަހަރެއްގައި މުބާރާތުގެ ތަށި ކާމިޔާބު ކުރާނެކަމަށް ބުނާ ޓީމްތަކުގެ ލިސްޓަށް އަރާ ޓީމެކެެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި އެ ޓީމު ފޭވަރިޓުންނަން ވާނެކަމެއް ނޭނގޭ ކަމަށާއި، މިވަގުތު ޓީމް އޮތް ފޯމަށް ބަލާއިރު މީހުން އެހެން ބުނެފާނެކަމަށެވެ. ނަމަވެސް އޭނާ ގަބޫލް ކުރާގޮތުގައި އާޖެންޓީނާއަކީ މިފަހަރުގެ ފޭވަރިޓުން ނޫން ކަމަށްވެސް މެސީ ވަނީ ބުނެފައެވެ. އަދި އާޖެންޓީނާއަށް ވުރެ ވަރުގަދަ ޓީމްތައް މިފަހަރުގެ މުބާރާތުގައި ހިމެނޭ ކަމަށާއި އެއާއެކުވެސް ވޯލްޑް ކަޕެއްގެ ނަތީޖާ ހީނުކުރާ ގޮތަކަށްވެސް ހިނގާދާނެކަމަށް މެސީ ބުނިއެވެ.

މެސީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އަދި މިހާތަނަށްވަނި 164 މެޗް ކުޅެދީ 90 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމުބާރާތުގައި މެސީއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ މުބާރާތުގައި ފައިނަލްގައި ކުޅުމެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.