ހިޖުރަވެރިންގެ ކާރިސާ އާއި ގުޅިގެން ނިއުޔޯކް ސިޓީގައި ކުއްލި ހާލަތު އިއުލާންކޮށްފި

ހަބަރު

މެކްސިކޯއިން ވަޒަންވެރިވުމަށް އަންނަ މީހުން ގިނަވުމާއި ގުޅިގެން ނިއުޔޯކް ސިޓީގައި ކުއްލި ހާލަތު އިއުލާންކޮށްފި

ޒަހީން ޠާލިބް - ދުނިޔެ | 9 އޮކްޓޯބަރ 2022 , އާދީއްތަ 07:41   322

ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވަނީ އެމެރިކާގެ ދެކުނަށް އޮންނަ މެކްސިކޯއިން ވަޒަންވެރިވުމަށް އެތެރެވާ މީހުން ގިނަވުމާ ގުޅިގެން ދިމާވެފައިވާ މަައްސަލަ ހައްލު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

އޭޕްރީލް މަހުން ފެށިގެން ދެކުނުގެ ބޯޑަރުން 17،000 އަށް ވުރެ ގިނަ މީހުން ސިޓީ އަށް ދަތުރުކުރި ކަމަށާއި ރިޕަބްލިކަން ޕާޓީގެ ޓެކްސަސް، އެރިޒޯނާ އަދި ފްލޮރިޑާ ފަދަ ސްޓޭޓްތަކުން ފާއިތުވި މަސްތަކުގައި ޑިމޮކްރެޓިކް ސަރަހައްދުތަކަށް މީހުން ފޮނުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ ފައި ވެއެވެ.

އެއީ އެމެރިކާއާއި މެކްސިކޯގެ ބޯޑަރުން މީގެ ކުރިން ނުދެޚޭފަދަ އަދަދުތަކެއްކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ކޮންމެ ދުވަހަކު އެވްރެޖްކޮށް ފަސް ބަސް އަންނަ ކަމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑަމްސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގޮތުން ނިއު ޔޯރކް އިޖްތިމާޢީ ހިޔާ ނިޒާމުގައި ހިމެނޭ ކޮންމެ ފަސް މީހަކުން އެކަކީ މިވަގުތު ހިމާޔަތް ހޯދާ މީހެއް ކަމަށެވެ.

އަދި ސިޓީ އަށް އަންނަ ގިނަ މީހުންނަކީ ސްކޫލް އުމުރުގެ ކުދިން ތިބި އާއިލާތަކެއް ކަމަށާއި އެއީ ސިއްހީ ފަރުވާއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އާއިލާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މާލީ އަހަރު ނިއުޔޯކަށް އެއް ބިލިއަން ޑޮލަރު (900 މިލިއަން ޕައުންޑް) ޚަރަދުވާނެ ކަމަށާއި، އެ ހަރަދުތަކަށް އެހީތެރިވުމަށް ފެޑެރަލް އަދި ސްޓޭޓް އިން ފަންޑު ހޯދުމަށް މޭޔަރު ގޮވާލެއްވި އެވެ.

ކުއްލި ޙާލަތު އިއުލާނުގެ ތެރެއިން ނިއުޔޯކްގެ މޭޔަރު ނެރުއްވި އެގްޒެކެޓިވް އަމުރެއްގެ ދަށުން ހިމާޔަތް ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް ވަސީލަތްތައް ޚާއްސަކޮށް، ރައްދު ދިނުމަށް އަވަސް ކުރާނެ ވިދާޅުވިއެވެ.

އެގޮތުން، އޮކްޓޯބަރު މަހުގެ ނިޔަލަށް ޓެކްސަސްއިން 60 އަށް ވުރެ ގިނަ ބަހުގައި އެ ސްޓޭޓަށް އަންނަ ގާތްގަނޑަކަށް 3،100 ހިޖުރަވެރިން ނިއުޔޯކަށް ފޮނުވާފައިވާ ކަމަށެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.