އާރލިންގ ހާލާންްޑް، އެންމެ ގިނަ ގޯލު ސީޒަނެއްގައި ޖެހުމުގެ ރެކޯޑު އަތުލާނެކަމަށް ބެލެވޭ.

ކުޅިވަރު

ހާލާންޑްގެ ގޯލާއިއެކު ސިޓީ ސައުތެމްޓަންގެ މައްޗަށްކުރިހޯދައި، ޕޮއިންޓް ތާވަލުގެވެސް އެންމެ ކުރިއަށް

އަލީ އަޒްޔަން - ޔޫރަޕް | 9 އޮކްޓޯބަރ 2022 , އާދީއްތަ 08:03   178

ހޮނިހިރު ދުވަހުގެރޭ ސައުތެމްޓަން އާއި ދެކޮޅަށް ކުޅެ 4-0 ގެނަތީޖާއަކުން މެންޗެސްޓަރ ސިޓީ (ސިޓީ) މޮޅުވެ ތާވަލުގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.

ސިޓީ އިން ވަނީ މިހާތަނަށް 9 މެޗު ކުޅެ 23 ޕޮއިންޓް ހޯދާފައެވެ. އަދި ދެވަނައިގައި އޮތް އާސެނަލް ވަނީ 8 މެޗު ކުޅެގެން 21 ޕޮއިންޓު ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ވެސް ސިޓީ ވަނީ 2 ގޯލު ޖަހައި ލީޑު އަތުލާފައެވެ. ފުރަތަމަ ގޯލު ޖަހައިދިނީ 20 ވަނަ މިނެޓުގައި ކެންސެލޯއެވެ. ދެވަނަ ލަނޑު ޖެހީ 32 ވަނަ މިނެޓުގައި ފޯޑެން އެވެ. ތިންވަނަ ލަނޑު 49 ވަނަ މިނެޓުގައި ޖަހައިދިނީ މަހްރާޒް އެވެ. އެންމެ ފަހު ގޯލު ޖަހައިދިނީ އާރލީން ހާލާންޑް އެވެ. އެއީ މެޗުގެ 65 ވަނަ މިނެޓުގައެވެ.

މިއީ މިސީޒަނުގައި ހާލާންޑް ޖެހި 21 ވަނަ ގޯލެވެ.

މެޗުގެ ހައިލައިޓްސް:

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.