އައްޑޫ ސިޓީ ކައުންސިލް، އެލައިޑްގެ އިންޝުރެންސް ގެ ކޯޕަރޭޓް އިންޝޫރެންސް ސްކީމްގައިބައިވެރިވުމަށް، 1 މިލިއަން ރުފިޔާގެ ލޯނެއް ވަނީ ނަގާފައި

ހަބަރު

ޤަވާއިދާއި ޚިލާފަށް ޓްރަސްޓްފަންޑުން ފައިސާ ނެގި މައްސަލަވެސް އޭސީސީ އަށް ވައްދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 އޮކްޓޯބަރ 2022 , ހޯމަ 14:01   313

އައްޑޫ ސިޓީ ކައުންސިލުން 28 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމަކުން ނިންމައި، އެލައިޑް އިންޝޫރެންސް ކުންފުނިން އެކައުންސިލަށް ހުށަހަޅާފައިވާ ކޯޕަރޭޓް އިންސްޝޫރެންސް ސްކީމްގައި ބައިވެރިވުމަށް، އައްޑޫ ޕީޕަލްސް ޓްރަސް (ޓްރަސްޓް ފަންޑު) އިން ޤަވާއިދާއި ޚިލާފަށް އެއް މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހުށަހަޅައިފިކަން ވަރަށް އިތުބާރުހުރިގޮތަކަށް އެކްސްޕްރެސް ނިއުސް އަށް އެނގިއްޖެއެވެ.

އެކްސްޕްރެސް ނިއުސް އަށް ލިބިފައިވާ މައްސަލަ ރަޖިސްޓްރީކުރިކަމުގެ ލިޔުމާއި ތަފްޞީލް ނޯޓްތަކުގައި ވާގޮތުން، މިމައްސަލަ ކައުންސިލުން ނިންމާފައިވަނީ ކުއްލި މައްސަލައެއްގެގޮތުގައި ޤަވާއިދާއި ޚިލާފަށެވެ. މިކަން އަވަސްގޮތަކަށް، އިޢްލާންކުރުމެއް ނެތި ދީފައިވަނީ، މޭޔަރާއި އިތުރު އިދާރީ މުވައްޒަަފަކަށް ނާޖާއިރު ފައިދާ ލިބޭގޮތަށްކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މިކަމަށްޓަކައި ޓްރަސްޓް ފަންޑުން ފައިސާ ނަގައި ޖަމާކޮށްފައިވަނީ ޓްރަސްޓް ފަނޑުން ފައިސާ ޚަރަދުކުރެވޭނެކަންކަމުގެ ގޮތުގައި ގަވައިދުގައި ބަޔާންކުރާ ކަންކަމުގެ ބޭރުންކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ކައުންސިލްގެ ރަސްމީ ބައްދަލުމުގައި ބަހުސްކުރައްވަމުން، ކައުންސިލްގެ ލީގަލްޓީމްގެ ލަފަޔަކަށް އެދުނު ނަމަވެސް، ލީގަލް ޓީމުން އެފަދަ ލަފައެއް ދެއްވާފައިނުވެއެވެ.

މީގެ ކުރިންވެސް، މިދިޔަ ހަފްތާ ތެރޭގައި އައްޑޫ ސިޓީކައުންސިލާއި ގުޅޭ އިތުރު ދެ މައްސަލައެއް އޭސީސީއަށް ވަނީ ވައްދާފައެވެ.

މިލިޔުމާއި ގުޅޭ:

އައްޑޫ ސިޓީކައުންސިލުން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރަނީ ޤަވާޢިދުތަކާއި ޚިލާފަށް - ސަޢީދު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.