އޭއީއެޗްގެ ސީއީއޯ މުޙައްމަދު ސޯލިޙް

ހަބަރު

އޭއީއެޗް ހޮސްޕިޓަލަށް 4000 ބެޑްޝީޓް ގަތުމުގައި ކަރަޕްޝަން ހިމެނޭކަމަށް ބުނެ އޭސީސީއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 އޮކްޓޯބަރ 2022 , ހޯމަ 18:52   684

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 4000 ބެޑްޝީޓާއި ބާލީސް އުރަ ގަތުމަށް 13 ޖޫން 2022 ގައި ކުރި އިޢްލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް ބަލައިގަނެ ވަޒަންކުރުމުގައި ކަރަޕްޝަން ހިމެނޭކަމަށް ޝައްކުކުރެވޭތީ، އެމައްސަލަ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުޅަހަޅައިފިއެވެ.

އެކްސްޕްރެސް ނިއުސް އަށް ލިބިފައިވާ މަޢްލޫމާތާއި ކަރުދާސްތަކުގައި ވާގޮތުން މައްސަލަ ހުށަހަޅާފައިވަނީ ހޯމަދުވަހުގެ ހެދުނުއެވެ.

އެފަރާތުން މައްސަލަ ހުށަހެޅިއިރު ބުނެފައިވަނީ ބެޑްޝީޓާއި ބާލީސް ގަތުމަށް އެހޮސްޕިޓަލުން ބިޑްތައް ބަލައިގެންފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ޖުމްލަ ބާރަ ފަރާތަކުން މިބީލަމުގައި ބައިވެރިވެފައިވާއިރު، އޭގެތެރޭގައި މާލޭގެ އެންމެ ބޮޑެތި މިފަދަ ވިޔަފާރިކުރާ ފަރާތްތައް ވެސް ހިމެނެއެވެ. މިމައްސަލައިން ފާހަގަކުރެވުނު ބައެއް ނުކުތާތައް :

  • އެވްރެޖްކޮށް 30 ދުވަހާއި 45 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ބިޑް ކާމިޔާބުކުރި ކުންފުނިން ޖަހާފައިވަނީ އާ ކުންފުންޏަކަށްކަން ފާހަގަ ކުރެވިފައިވާއިރު، ސަޕްލައިކުރުމުގެ މުއްދަތަކަށް ޖަހާފައިވަނީ އެންމެ ނުވަ ދުވަސްކަމަށްވެފައި އެފަދަ މުއްދަތަކީ މިފަދަ ޢަދަދަކަށް ކުއްލިއަކަށް ސަޕްލައިކުރެވޭނެ އަދަދެއްކަމަށް ޤަބޫލުނުކުރެވުން.
  • ޕޮއިންޓްތައް ތަރުތީބުކުރެވިފައިވާގޮތުން، ކުރިއާއިލައި ރޭވިގެން ހިންގިފައިވާ މުޢާމަލާތެއްކަމަށް ބެލުމުގެ ފުރުޞަތު އޮތުން.
  • މަޢްލޫމާތު ޝީޓުގައިވާ ގޮތުން ވަކި ސްޕެސިފިކޭޝަން ނުވަތަ މިންގަނޑުތައް ބަޔާންކޮށް، ކޮލިޓީއަށް ބަލާނެކަމަށް ބުނެފައިވީނަމަވެސް، މާކްސް ދިނުމުގައި އެފަދަކަމަކަށް ބަލާފައި ނުވުމުން، ފޯރުކޮށްދެވޭ ތަކެތީގެ ފެންވަރާއި ދޭތެރޭ ސުވާލުއުފެއްދުމުގެ ފުރުޞަތު އޮތުން.

މި ބިޑް ކާމިޔާބުކޮށްފައިވަނީ ފްރެންޑްސް ބިޒްނެސް އިންވެސްޓްމެންޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

މިކަމާއި ގުޅިގެން އޭއީއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މިލިޔުމާއި ގުޅޭ :

އެއީއެޗުން ކުރި އިޢްލާން

Information sheet

ޓެގްސް: އޭއީއެޗް އެންޓި ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.