މެލޭޝިއާގެ ބޮޑުވަޒީރު މަޖިލީސް އުވާލާކަން އިޢްލާނުކުރާ މަންޒަރު ބަލަން ރެސްޓޮރެންޓެއްގައި ބަޔަކު ހުއްޓިގެން

ދުނިޔެ

މެލޭޝިއާގެ ޤާނޫނުހަދާ މަޖިލީސް އުވާލައި، އަވަސް އިންތިޚާބަކަށް

އަލީ އަޒްޔަން - މެލޭޝިޔާ | 11 އޮކްޓޯބަރ 2022 , އަންގާރަ 00:29   371

މެލޭޝިއާގެ ބޮޑުވަޒީރު އިސްމާޢިލް ސަބްރީ ޔައުކޮބް، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލައި އަވަސް އިންތިޚާބެއް ބާއްވާނެކަން އިޢްލާނުކުރައްވައިފިއެވެ.

އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވާން އަދި 9 މަސްދުވަސް އޮތް އިރު، ވެރިކަން ކުރާ ޕާޓީގެ ޕާޓީ "އަމްނޯ" ރަމްޒުކުރާ އިސްމާޢީލް ވިދާޅުވެފައިވަނީ މިކަން މިގޮތަށް ކުރެއްވީ ރައްޔިތުންގެ ތާޢީދާއިއެކު އޮންނަވެރިކަމެއް އޮންނަން ބޭނުންވާތީއެވެ. އަދި އުއްްމީދުކުރައްވަނީ ރައްޔިތުން ބޮޑު ތާޢީދަކާއިއެކު އަލުވެރިކަމަށް އެޕާޓީއިން އައުމަށެވެ.

އިސްމާޢީލް ވެރިކަމަށް އައީ ވޯޓަކާއިނުލައެވެ. އޭނާ ވަނީ އާދީއްތަ ދުވަހު އެޤަމުގެ ރަސްގެފާނާއި ބައްދަލުކުރައްވައި މިކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. އެހެންކަމުން މިނިންމުން ނިންމާފައިވަނީ ރަސްގެފާނުގެ ވެސް ރުހުމާއިއެކުއެވެ.

މެލޭޝިއާގައި ވެރިކަން ކުރާނެ މީހަކު ކަނޑައަޅަނީ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ޕާޓީއަކުން ހޮވާމީހެކެވެ.

މިނިންމުމާއިއެކު ކުރިއަށް އޮތް ދުވަސްތަކުގައި އެޤައުމުގެ އިލެކްޝަން ކަމިޝަނުން އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާނެއެވެ. އަދި ކުރިއަށް އޮތް 60 ދުވަސްތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.