ޤައުމީ ފުޓުބޯޅަޓީމުގެ ފޯވާޑް ޢަލީ އަޝްފާގު (ދަގަނޑޭ)

ހަބަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް، މައިލޯ ސިޓީއަށް ކުޅެން އަޝްފާގު އައްޑޫއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 އޮކްޓޯބަރ 2022 , އަންގާރަ 13:17   1096

ދިވެހި ޤައުމީޓީމުގެ ތަރި އަލީ އަޝްފާގު (37އ) ކުރިއަށް އޮތް އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް (އޭއެފްސީ) ގައި، ހިތަދޫ އަށް ނިސްބަތްވާ މައިލޯ ސިޓީ ފުޓުބޯލް ކްލަބަށް ކުޅޭނެކަމަށް އެޓީމުން ބުނެފިއެވެ.

ދަނޑުމަތީގައި މަޝްހޫރު ނަމުންނަމަ ދަގަނޑޭ ނުވަތަ މޭން އޮފް ސްޓީލް އަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވާޑުގެ އިތުރުން ކެޕްޓަން ވެސްމެއެވެ. އޭނާ އަކީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، މުޅި ދެކުނު އޭޝިއާ ސަރަޙައްދުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުޅުންތެރިން ކަޓުވާލުމަށްފަހު ގޯލު ޖެހުމަށާއި މޮޅު ފްރީކިކް ޖެހުމަށެވެ.

އަޝްފާގު ވަނީ 2003 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް 89 މެޗެއް ކުޅެދީ 57 ގޯލު ޖަހައިދީފައެވެ. މީގެއިތުރުން އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ޖުމްލަ 464 ގޯލު ޖަހައި މިހާތަނަށް ދިވެއްސަކު އެންމެ ގިނައިން ގޯލުޖެހުމުގެ ޝަރަފުވެސް ހޯދާފައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް އަކީ އައްޑޫ ސިޓީ ކައުންސިލުން އިސްނަންގަވައިގެން އައްޑޫގެ ކްލަބްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ. މިއީ މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައ 7 ޓިމެއް ކުޅޭނެއެވެ.

މިމުބާރާތުގައި ކުޅޭ ޓީމްތައް އެކުލަވާލެވެނީ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެންނެވެ. އެނޫން ގޮތަކަށް ބައިވެރިވެވެނީ އެރަށެއްގެ މީހަކާއި އިނދެގެން އުޅޭނަމައެވެ. އަޝްފާގު އަކީ އޭނާގެ ބައްޕަ ފަރާތުން ހިތަދޫ އަށް ނިސްބަތްވާ މީހެކެވެ.

މީގެ ކުރިން އަޝްފާގް އެއްވެސް އިރެއްގައި އައްޑޫގެ މުބާރާތެއްގައި ކުޅެފައި ނުވެއެވެ. އެހެންކަމުން މިއީ އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމުމުގެ ކުރިން ފެނިލާ މުހިއްމު ފެނިލުމަކަށް ވާނެކަން ޔަޤީނެވެ.

މިމުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ 29 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫ ފުޓުބޯޅަ ދަނޑުގައެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ އަލީ އަޝްފާޤް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.