މިސެމިނާރ ބާއްވާފައިވަނީ ފޭދޫ ސްކޫލާއި އައްޑޫ ހައިސްކޫލްގައި

ހަބަރު

"ފެލްކަން ސްޓަޑީ އެބްރޯޑް" އިން އައްޑޫގެ ދެ ސަރަޙައްދެއްގައި ސެމިނާރެއް ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 އޮކްޓޯބަރ 2022 , އަންގާރަ 20:24   234

މެލޭޝިއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކުރެވިގެން، ފެލްކަން ސްޓަޑީ އެބްރޯޑްގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގެ ދެ ސަރަޙައްދެއްގައި އެޑިއުކޭޝަން ސެމިނާރެއް ބާއްވައިފިއެވެ.

މިސެމިނާރ ބޭއްވިފައިވަނީ ފޭދޫ ސްކޫލާއި އައްޑޫ ހައި ސްކޫލްގައެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޖަހީން ހަމީދު ވިދާޅުވީ، މިއީ މިފަދަ ޙަރަކާތެއް އައްޑޫ ސިޓީގައި މިއަހަރުތެރޭގައި ކުރިއަށްގެންދާ ދެވަނަ ފަހަރުކަމަށެވެ. އަދި ކުރިން ބޭއްވުނު ފަހަރުވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ.

މިފަދަ ސެމިނާރ ތަކުން މެލޭޝިއާގެ އެންމެ ޓޮޕް ޔުނިވާސިޓީތަކުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް އެންމެ ފަހުގެ މަޢްލޫމާތުތައް ހޯދުމަށް މަގުފަހިވެގެންދޭ. އަޅުގަނޑުމެން ކޮށްދޭކަމަކީ މެލޭޝިއާއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް، އެދަރިވަރުން ބޭނުންވާ ދާއިރާ އަކާއި ގުޅޭ ޔުނިވާސިޓީތަކާއި އެޔުނިވާސިޓީތަކުގެ ކޯސްތަކުގެ މަޢްލޫމާތު ފޯރުކޮށްދިނުން. މީގެ އިތުރުން ވެސް ދަރިވަރުން މެލޭޝިއާ ދިއުމުގެ ހުރިހައިކަމެއް ބަލަހައްޓައިދެން. ޓެއިލާރސް ޔުނިވާސިޓީއާއި ސެގީ ޔުނިވާސިޓީގެ ބޭފުޅުން އަޅުގަނޑުމެންނާއިއެކު ބައިވެރިވެފައިވޭ. އަދި އެހެން ޔުނިވާސިޓީތަކާއި ގުޅޭގޮތުން މަޢްލޫމާތު ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ސްޓާފުން ވެސް ބައިވެރިވެވަޑައިގެންނެވި.

~ ޖަހީން ހަމީދު، ފެލްކަން ސްޓަޑީ އެބްރޯޑްގެ މެނޭޖިންގ ޑިރެކްޓަރ

އިތުރަށް ޖަހީން ވިދާޅުވީ، މިފަހަރުގެ ދަތުރު ޚާއްޞަކުރެވިފައިވަނީ ކުރިއަށް ޖެނުއަރީ އިންޓޭކަށް މެލޭޝިއާއަށް ދާން ބޭނުންވާ ދަރިވަރުންނަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންޓޭކްތަކަށް ވެސް އައްޑުއަށް ވަޑައިގަންނަވާނެކަމަށެވެ.

މިލިޔުމާއި ގުޅޭ ފޮޓޯ އަދި ވީޑިއޯ އިންޓަވިއު

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.