ދުނިޔޭގެ އެންމެބޮޑު އެއް މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމް) ބޭރުގައި މީހަކު ހުއްޓިލައިގެން

ހަބަރު

ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް : އައިއެމްއެފް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޮކްޓޯބަރ 2022 , ބުދަ 10:52   256

ކުރިއަށް އޮތް އަހަރު، ދުނިޔޭގެ އިޤްތިޞާދު އިތުރަށް މަޑުޖެހި، ތަކެތީގެ އަގު އުފުލި އެކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޮޑު އަސަރެއް ކުރާނެކަމުގެ އިންޒާރު ދުނިޔޭ މާލީ އެންމެ ބޮޑު އެއް އިދާރާ އައިއެމްއެފް އިން ދީފިއެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދިއުމެވެ. ކޯވިޑަށްފަހު ދުނިޔޭގެ އިޤްތިޞާދު ކޮންމެވެސް ވަރަކަށް ހަމަމަގަށް އެޅޭތަން ފެނުނުނަމަވެސް، އިގްތިޞާދީ މަޝްރަހް އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދުނިޔޭގެ އިގްތިޞާދުގެ ތިންބައިކުޅަ އެއްބައިގެ، އުފެއްދުންތެރިކަން މިއަހަރާއި ކުރިއަށް އަހަރު ދަށްވާނެކަމަށް ވެސް އައިއެމްއެފް އިން ލަފާކޮށްފައިވެއެވެ.

"އެންމެ ދަތި ދުވަސްތައް އަދި އޮތީ ކުރިއަށް، ކުރިއަށް އޮތް 2023 ގައި ގިނަބަޔަކަށް މިކަމުގެ އިޙްޞާސް ކުރެވޭނެ" އައިއެމެއެފްގެ ޗީފް އިކޮނޮމިސްޓް އޮލިވާ ގުރިންޗަސް ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާގެ އިގްތިސާދީ ކުރިއެރުން ވެސް ވަނީ މިއިން ދުވަހަކު ނުދާހާދަށަށް ގޮސްފައެވެ. މީގެ ސަބަބުން އެތައް މިލިއަން މީހުން ވަނީ ވަޒީފާ ގެއްލި ޙާލުގައި ޖެހިފައެވެ.

ޓެގްސް: ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.