ދުނިޔޭގެ އިޤްތިޞޯދަށް އަންނަ ބަދަލުތަކާއިގުޅިގެން އޯޕެކުން ވަނީ ތެޔޮއުފައްދާ މިންވަރު ދަށްކުރަން ނިންމާފައި

ވިޔަފާރި

ދުނިޔޭގެ އިޤްތިޞޯދު ދަށަށް ދިއުމާއިއެކު، ތެޔޮ އުފައްދާ މިންވަރު ދަށްކޮށް އަގު ތިރިވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 13 އޮކްޓޯބަރ 2022 , ބުރާސްފަތި 13:28   275

ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑް 2022 ވަނަ އަހަރުގެ ބާކީ އޮތް ބަޔާއި 2023 ވަނަ އަހަރު ދަށްވާނެކަމަށް، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) އިން ބުދަދުވަހު ބުނުމާއި ގުޅިގެން ތެލުގެ އަގަށް ބަދަލު އަތުވެއްޖެއެވެ.

ކުރިން 90 ޑޮލަރަށް ވުރެ ބޮޑުކޮށް ވިއްކަމުން އައި ސާފުނުކުރާ ތެޔޮ ފީފާއެއް މިހާރު ހުރީ 87 ޑޮލަރު 27 ސެންޓުގައެވެ.

އޯޕެކުން މިދިޔަމަހަށް ބިނާކޮށް ނެރެފައިވާ ރިޕޯޓުގައި ބުނާގޮތުން، ދުނިޔޭގެ އިޤްތިޞޯދަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، ރަޝިއާ އިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން ކާބޯތަކެތީގެ އަގު އުފުލި މީހުންގެ ޢާއްމު ދިރިއުޅުމަށް އެކަމުން އަސަރު ކުރަމުން ދިއުމާއި ގުޅިގެންނެވެ. އިޤްތިޞޯދަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ވަޒީފާ ވެސް ދަނީ ގެއްލެމުންނެވެ.

އެމެރިކާ ޑޮލަރަށް ދިމާވެފައިވާ ގޮންޖެހުންތަކުން ވެސް ތެލުގެ ޑިމާންޑަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ.

ޓެގްސް: ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.