ްއިންޑިޔާ ޓީމުގެ ކުރީގެ ކޯޗު، ރަވީ ޝާސްތުރީ.

ހަބަރު

ކްރިކެޓް، މި ވޯލްޑް ކަޕަށް ފަހު އިންޑިޔާ އާ ޓީމެއް ނެގުން އެކަށީގެންވޭ :ރަވީ ޝާސްތުރީ

ރާނިއާ - އައްޑޫ އަތޮޅު | 13 އޮކްޓޯބަރ 2022 , ބުރާސްފަތި 14:01   224

މި ވޯލްޑް ކަޕަށް ފަހު އިންޑިޔާ އާ ޓީމެއް ނަގާނެ ކަމަށް އިންޑިޔާ ޓީމުގެ ކުރީގެ ކޯޗް ރަވީ ޝާސްތުރީ ބުނެފިއެވެ. މީގެ މާނައަކީ މި ވޯލްޑް ކަޕަކީ ވިވެކް ކޯލީ އަދި ރޯހިތް ޝަރްމާ އީިންޑިޔާ ޓީމު ޓީ201 ގައި ތަމްސީލު ކޮށްދޭ އެންމް ފަހު ފަހަރު ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އަންނަ އަހަރުގެ 50 އިން މަތީ އުމުރު ފުރާގެ ޓީމުގެ މަސަތްކަށް ކުޑަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސްވެއެވެ.

"ކޮންމެއް ގޮތެއް ވިޔަސް އަޅުގަންޑަށް ފެންނަ ގޮތުގައި މި ވޯލްޑް ކަޕަށް ފަހު އިންޑިޔާ ތަމްސީލު ކުރަން އާ ޓީމެއް ނުކުންނާނެ، 2007 ވަނަ އަހަރު ނިކުތް ޓީމާ އެއްފަދައިން- ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިން، ޓެންޑުލްކަރް، ޑްރޭވިޑްް އަދި ގަންގޫލީ ނުލައި ޓީމު ނުކުތް. ދޯނީ ސައިޑް އަައުޓް ނެގުމަށް ފަހު މުބާރާތް ކާމިޔާބު ކުރި. މި ފަހަރުވެސް ހަމަ އެހެން ވެދާނެ. އެމީހުންގެ ކުޅުން ރަނގަޅު ނޫނީކީ ނޫން ކަމަށް ވިޔަސް ދެން އޮތް ދެ ފޯމެޓަށް އެމީހުން ބޭނުންވުމާއި، އަންނަ އަހަރު ވޯލްޑް ކަޕް އޮތުމާއެކު އެމީހުންނަށް ލުއިކުރުމުގެ ގޮތުން" ކަމަށް މުންބައި ޕްރެސް ކްލަބް އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޝާސްތުރީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިޔާ ފީލްޑިންގް ރަނގަޅުކޮށް ކުޅިވަރުގެ ކަންކަން މިހާާރަށްވުރެ ޓީ20 ވޯލްޑް ކަޕް މުބާރާތަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ޝާސްތުރީ ބުނެފައިވެއެވެ. ސްރީ ލަންކާގެ މިސާލު ދެމުން ޝާސްތުރީ ބުނެފައިވަނީ ޕާކިސްތާނައި ދެކޮޅަށް ލަންކާ ކުޅުނު މުބާރާތް އެމީހުން ކާމިޔާބުކޮށްފައި ވަނީ އެމީހުން ގެ ފީލްޑިންގެ އަށް ބިނާކޮށް ކަމަށެވެ.

"އިންޑިޔާ ކޮޅުން ފަށަން ޖެހޭނެ އެއް ކަމަކީ ފީލްޑިން. އެމީހުން ގަދަ އަޅާ މަސައްކަތްކޮށް ޕާކިސްތާނައި ދެކޮޅަށް ދަޑަށް ނިކުންނަ އިރު އެމީހުންގެ "އޭ ގޭމުގައި" ތިބުން ވަރަށް މުހިންމު" ކަމަށްވެސް ޝާސްތުރީ ބުނެފައިވެއެވެ. "އެލިބޭ 15-20 ރަންސް ނެގުމަކީ ވަރަށް ބޮޑު ތަފާތެއް ދައްކާނެ ކަމެއް ކަމަށް ވާނެ، އެހެން ނޫނީ ކޮންމެ ފަހަރަކު "ބެޓް" ކުރުމަށް ފަހު އިތުރު 15-20 ރަންސް ނަގަން ޖެހޭނެ. އޮސްޓްރޭލިއާ، އިންގިރޭސިވިލާތު، އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކަކީ ފީލްޑިންއަށް ނުހަނު މޮޅު ގައުމުތައް. ލަންކާގެ މިސާލު ނެގި ކަމުގައި ވިޔަސް އެމީހުން ވެސް އޭޝިޔާ ކަޕްގައި ރަނގަޅު ފީލްޑިންގެ ބޭނުން ހިފާ ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މުބާރާތަކުން ކާމިޔާބު ހޯދި" ޝާސްތުރީ ބުންޏެވެ.

ކުޅުންތެރިން ނެގުމުގައި މިންގަނޑުތަށް ކުރިޔަށްވުރެ ދަށްވެފައިވާތީ ކަންބޮޑުވާކަމަށާއި އަދި މީގެ އިތުރުން އިދިކޮޅު ޓީމަށް 200 އަށްވުރެ ގިނަ ރަންސް ނެގުނަ ނުދިނުމަކީވެސް ފީލްޑާސްގެ ޒިންމާއެއް ކަމަށް ޝާސްތުރީ ވަނީ ބުނެފައެވެ.

"ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުން ވަރަށް މުހިންމު. އަހަރުމެން ކުޅުނުއިރު 'ޔޯ-ޔޯ ޓެސްޓް" އޭ ކިޔާ އެއްޗެއް ހަދާ އުޅުން. ވަރަށް ގިނަ މީހުން މިކަމަށް މަލާމާތްކޮށްވެސް ހެދި. މިއީ ކުޅުންތެރިން ހޮވުމަށް ބޭނުން ކުރާ ޓެސްޓަކަށް ނުވިކަމުގައިވިޔަސް' މީގެ ސަބަބުން ކުޅުންތެރިންގެ ތެރޭގައި ހޭލުންތެރިކަން އުފެދިގެން ދިޔަ. މި ކަމުގެ ސަބަބުން ޓީމުގެ ކުޅުމުގެ އިތުރަށް ދަނޑުގައި ހަރަކާތްތެރިވާ ގޮތްވެސް ތަފާތުވާކަމަށް ފާހަނގަވޭ. މިހާރު ކަންބޮޑުވާ ކަމަކީ ފާއިތުވެ ދިޔަ މަސްތަކުގައި ކިތައް ފަހަރުތޯ އިދިކޮޅު ޓީމަށް 200 ރަންސް ނެގުނީ. މީހުން ކުށްވެރި ކުރަނީ "ބޯލިން" ކަމަށް ވިޔަސް އެއީ ފީލްޑިންވެސް މައްސަލައެއް." ޝާސްތުރީ ބުނެފައިވެއެވެ.

ޓީ20 ވޯލްޑް ކަޕް ފެށިގެންދާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. ނަމަވެސް އިންޑިޔާއިން އެމީހުންގެ ކެމްޕޭއިން ހުޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު ޕާވިސްތާނައި ދެކޮޅަށެވެ.

ޓެގްސް: ކްރިކެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.