އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުނު މުބާރާތުގެ ފައިނަލް އިވެންޓެއްގައި ދަރިވަރުންތަކެއް ޙަރަކާތްތެރިވަނީ

ހަބަރު

އައްޑޫގައި ބޭއްވުނު އިންޓަރސްކޫލް ފެތުމުގެ މުބާރާތުގެ މެޑަލްތައް ނުލިބި ލަސްވުމާއި ގުޅިގެން ވަނަދިނުމުގެ ރަސްމިއްޔާތު އަނެއްކާވެސް ފަސްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 އޮކްޓޯބަރ 2022 , ބުރާސްފަތި 15:02   445

އައްޑޫ ސިޓީ ހިތަދޫގައި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ނިންމާލި އިންޓަރ ސްކޫލް ސްވިމިންގ މުބާރާތާއި، ކިޑްސް ސްވިމިންގ ފެސްޓިވަލުގައި ވަނަވަނައަށް ދިޔަ ދަރިވަރުންގެ މެޑަލްތައް ނުލިބި ލަސްވުމާއި ގުޅިގެން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ދެވަނަ ފަހަރަށް ލަސްކޮށްފިއެވެ.

މިމުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވަނީ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މިމުބާރާތުގައި އައްޑޫގެ ސްކޫލްތަކުގެ އިތުރުން ގދ އަތޮޅުން ދެ ސްކޫލެއް ބައިވެރިވެފައިވެއެވެ.

ރަސްމިއްޔާތު ބާއްވަން އެންމެ ފަހުން ތާވަލުކުރެވުނީ، 14 އޮކްޓޯބަރުވާ ހުކުރު ދުވަހަށެވެ. މީގެކުރިން ވެސް ވަނަ ދިނުމުގެ ރަަސްމިއްޔާތު ބޭއްވުމަށް އެހެން ދުވަހަކަށް ތާވަލުކުރެވުނެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބެލެނިވަރުންނަށް ފޮނުވާފައިވާ ވައިބާރ ގްރޫޕް މެސެޖެއްގައި ބުނެފައިވަނީ މެޑަލް ޓެގްތައް ހަދަން މުބާރާތް ފެށުމުގެ މާކުރިން ވެސް ޙަވާލުކުރެވިފައިވާކަމަށެވެ. އަދި އެކަމަށްޓަކައި ދައްކަންޖެހޭ ފައިސާވެސް ދައްކާފައިވާކަމަށެވެ. މެޑަލް ފޯރުކޮށްދޭނެކަމަށް އެކިފަހަރު އެކި ތާރީޚުތައް ދީފައިވާއިރު، މިއަދާއި ހަމަޔަށް މެޑަލް ޓެގްތައް ލިބިފައިނުވާކަމަށެވެ.

މުބާރާތައް އައްޑޫއަށް ދިޔަ އެސޯސިއޭޝަންގެ ޓީމު ވަނީ މިހާރު އައްޑޫއިން ފުރާފައިކަމުގައި މަޢްލޫމާތު ލިބެއެވެ.

އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ، މިކަމާއި ހިތާމަކުރައްވާކަމަށާއި، މުސްތަޤްބަލުގައި މިދަފަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަނުން ވަނީ، މިކަން އެކްސްޕްރެސް ނިއުސް އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި އަވަސް ތާރީޚެއްގައި ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި މި މެޑެލް ޓެގްތައް ގަތުގަމަށް ފައިސާ ދީފައިވަނީ މާލޭގެ ކުންފުންޏަކަށެވެ.

މިލިޔުމާއި ގުޅޭ:

އެމްއޭސީއެލް އައްޑޫސިޓީ އިންޓަރސްކޫލް ސްވިމިން މުބާރާތް ފެށިއްޖެ

ޓެގްސް: އައްޑޫގައި ބޭއްވޭ ކުޅިވަރު އިވެންޓްތައް ފެތުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.