މިބާރާތް ނިންމުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ

ހަބަރު

އެމް ސްޕޯޓްސް ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 އޮކްޓޯބަރ 2022 , ހޮނިހިރު 00:01   389

އެމް ސްޕޯޓްސް އެކެޑެމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް އައްޑޫސިޓީގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މިމުބާރާތުގެ ކުޅުން ބާއްވަނީ މަރަދޫފޭދޫ ޔޫތު ސެންޓަރުގައެވެ. މިމުބާރާތް ފެށިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވަމުން އެމް ސްޕޯޓްސް އެކެޑެމީގެ ފައުންޑަރ މެމްބަރު މުހައްމަދު ޢައްފާނު މޫސާ ވިދާޅުވީ، ޖުމްލަ 8 ޓީމަކުން މިމުބާރާތުގައި ބައިވެރިވާކަމަށެވެ. އަދި 4 އަހަރާއި 16 އަހަރުގެ އުމުރުފުރައިގެ 80 އަށް ވުރެ ކުދިން ކުޅޭނެކަމަށާއި ކޮންމެ އަހަރަކު އެއްފަހަރު މިމުބާރާތް ބޭއްވުމަށް ރޭވިފައިވާކަމަށެވެ.

އިތުރަށް ޢައްފާނު ވިދާޅުވީ މިމުބާރާތުގެ މަޤްޞަދަކީ ރަނގަޅު ފެންވަރުގެ ޒުވާން ކުޅުންތެރިން އުފެއްދުމުގެ އިތުރުން، ބެޑްމިންޓަނުގައި ޤައުމީ ފެންވަރުގައި ރާއްޖޭ ތަމްޞީލުކޮށްދޭން ކުދިންތަކެއް އުފެއްދުންކަމަށެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް:

ޓެގްސް: އައްޑޫގައި ބޭއްވޭ ކުޅިވަރު އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.