މިޙަރަކާތް ފެށުމުގެތެރެއިން.

ހަބަރު

30އަށް ވުރެގިނަ ބައިވެރިންނާއިއެކު ބީއެމްއެލް ހެކަތޯން ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޮކްޓޯބަރ 2022 , ހޮނިހިރު 10:27   278

ހެކަތޯން އަކީ ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވެ، އެކުވެގެން ކޮންޕިއުޓަރ އެޕްތައް ތައްޔާރުކުރުމަށް ކިޔާނަމެކެވެ. ޢާއްމުގޮތެއްގައި މި ފަދަ ޙަރަކާތެއް 48 ގަޑިއިރަށް ދިގުދެމިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު ފަށާފައިވާ ހެކަތޯނަކީ ވެސް މިފަދަ ޙަރަކާތެކެވެ. މިފަހަރުގެ ތީމަކީ، "ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" އެވެ.

މި ހެކަތަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 3 ޓީމު ހޮވައި، މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އެމުއްދަތުގައި ކޮންމެ ޓީމަކަށް 20،000ރ. (ވިހި ހާސް ރުފިޔާ) ގެ އެލަވަންސަކާއި އެކު މަސައްކަތްކުރާނެތަނެއް ނުވަތަ އޮފީހެއް ފޯރުކޮށްދޭނެއެވެ.

އަދި އެފަރާތްތަކުން ހުށަހަޅާ އުފެއްދުމެއް ނުވަތަ ފީޗާއެއް ބޭންކާއިއެކު އެއްބަސްވެވޭ އަގެއްގައި ބޭންކަށް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުން 16 އޮކްޓޯބަރު 2022 ގައި އޮންނާނެއެވެ.

ޓެގްސް: ރާއްޖޭގައި ބޭއްވޭ އިވެންޓުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.