ކޮސްކޯ އިންޑޮނޭޝީޔާ އަކީ 2010 ވަނަ އަހަރުން ފެށިގެން މުދާ އުފުލަމުން އަންނަ އާގު ބޯޓެއް

ވިޔަފާރި

އެކްސްޕޯޓްސް ދަށްވުމާއި އެކު، އިންޑޮނޭޝިޔާގެ ސެޕްޓެމްބަރު މަހުގެ ޓްރޭޑް ސާޕްލަސް 4.8 ބ. ޑޮލަރަށް

ރާނިއާ - އޭޝިއާ | 15 އޮކްޓޯބަރ 2022 , ހޮނިހިރު 11:38   378

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ. ނަމަވެސް އިންޑޮނޭޝިޔާ އަކީ ގުދުރަތީ ގޮތުން މުއްސަނދި ގައުމަކަށް ވުމުގެ ސަބަބުން އެއްޗެހީގެ އަގު ބޮޑުވުމަކީ އެމީހުންގެ އެކްސްޕޯޓްސް އިތުރު ކޮށްދިން ކަމަަކަށް ވެގެންދިޔައެވެ.

އެހެންނަމަވެސް 12 އިކޮނޮމިސްޓުންގެ ދިރާސަތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޓްރޭޑް ސާޕްލަސް ވަނީ މިދިޔަ މަހުގެ 5.67 ބ. ޑޮލަރުން 4.8 ބ. ޑޮލަރަށް މަދުވެފައެވެ.

ޓްރޭޑް ސާޕްލަސް އަންނަނީ އެ ޤައުމަކުން އެތެރެކުރާ މުދަލަށްވުރެ ބޭރުކުރާ މުދާ ގިނަވުމުންނެވެ. ޓްރޭޑް ސާޕްލަސް ގިނަވާނަމަ އެއީ އިޤްތިޞާދު ރަނގަޅުކަމުގެ ނިޝާނެކެވެ.

އަހަރީ ގޮތުން އެކްސްޕޯޓް 27.91 އިންސައްތަ އަށް އިތުރު ވެގެންދެއެވެ. މިއީ އޮގަސްޓް މަހުގެ 31.5 އިންސައްތަ އަށްވުރެ މަދެވެ. ހަމަ މިގޮތަށް އަހަރީ ގޮތުން އިމްޕޯޓް 31.8 އިންސައްތަ ގައި އުޅުނު ކަމުގައި ވިޔަސް މިއީ ވެސް އޮގަސްޓް މަހުގެ 32.8 އިންސައްތަ އަށްވުރެ މަދު އަދެދެކެވެ.

އިންޑޮނޭޝިޔާއަކީ ކޯލް، ޕާމް އޮއިލް، ނިކަލް އަދި ޓިން ފަދަ ވަރަށް ގިނަ ގުދުރަތީ ގޮތުން އުފެދޭ ތަކެތީގެ ބޭރުކުރާ ޤައުމެކެވެ. ޤައުމުގެ އިޤްތިސާދު ރަނގަޅުވުމާއި ގުޅިގެން، އިމްޕޯޓްސް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި އެނެލިސްޓުން ވަނީ ތަކެތީގެ އަގު ދަށްކުރުމަށް އިރުޝާދު ދީފައެވެ. މިއީ ޓްރޭޑް ސާޕްލަސް މިއަހަރު ބާކީ އޮތް ބަޔަށް ދަށް ކުރުމުގެ ގޮތުންނެވެ.

ޓެގްސް: އިންޑޮނޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.